މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ކުވައިތު ސައިންސް ކްލަބް ގައި ބައިވެރިވުމާއި ގުޅޭ

 

މިނިސްޓރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ދިވެހިރާއްޖެ

 

ކުވައިތު ސައިންސް ކްލަބް ގައި ބައިވެރިވުމާއި ގުޅޭ

 

15 ވަނަ އިންޓަރނޭޝަނަލް އިންވެންޝަން ސައިންސް ފެއާރއާ ގުޅޭ މައުލޫމާތު، ކުވައިތު އެމްބަސީއިން ވަނީ ފޮރިން މިނިސްޓްރީއާއި ހިއްސާކޮށްފައެވެ. މި މައުރަޒަކީ، ޖެނީވާ އިންޓަރނޭޝަނަލް އާއި ގުޅިގެން ކުރިޔަށް ގެންދާ މައުރަޒެކެވެ. މި މަރުކަޒު ކުރިޔަށް ދާނީ، 16-19 ފެބްރުއަރީ 2025 ނިޔަލަށް، ކުވައިތުގައިއެވެ.

ސަރުކާރުގެ އޮފީސް ތަކާއި، ސައިންސް އިދާރާ ތަކާއި، ބައިނަލް އަޤްވާމީ އަދި އަމިއްލަ އޮފީސްތަކާއި، ވަކި ވަކި ފަރުދުންނަށް ވެސް މި މައުރަޒްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ވާހަކަ ދަންނަވަމެވެ.

ތިރީގައި މިވަނީ މި މައުރަޒްގައި ބައިވެރިވުމުގެ މިންގަޑު ތަކެވެ.

-         ސްޓޭންޑެޑް ރެޖިސްޓްރޭޝަން ފީ: 1،000 ޑޮލަރު (1 ޖުލައި 2024 -31 ޑިސެމްބަރ 2024)

-         ލޭޓް ރެޖިސްޓްރޭޝަން ފީ : 1،250 ޑޮލަރު (1 ޖެނުއަރީ 2025 – 15 ޖެނުއަރީ 2025)

-         އެޕްލިކޭޝަން ހުށައެޅުމުގެ އެންމެ ފަހު ތާރިޚް : 15 ޖެނުއަރީ 2025

އެޕްލިކޭޝަން ފީގެ ތެރޭގައި ހިމެނެނީ:

-         ވިސާ

-         އުފެއްދުމާއި ބެހޭ އިންގިރޭސި އަދި އަރަބި ތަޢާރަފެއް' މައުރަޒްގެ ބުކްލެޓެއްގެ ގޮތުގައި ބައިވެރިންނަށް އަދި ހާޒިރިންނަށް ދެވޭނެއެވެ.

-         (M²2x2 ޕޮއިންޓް) ކަރަންޓާއި އެކު ބޫތު ރިޒަރވް

-         އުފެއްދުން ތަމްސީލް ކުރުމަށް މޭޒަކާއި ގޮނޑިއެއް

-         5 ރޭ، ހެނދުނުގެ ނާސްތާ އެކު  4-5 ތަރީގެ ހޮޓަލް ރިޒަވޭޝަން

-         އެއަރޕޯރޓް އިން ހޮޓަލަށް ދަތުރުގެ އިންތިޒާމް ހަމަޖައްސައި ދިނުން

-         ޓްއަރިސްޓް އަދި ތާރީޚީ ސައިޓް އަށް ޒިޔާރަތް ކުރުން

 

ޝައުގުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ރެޖިސްޓަރ ވުމަށް www.ifme.com ނުވަތަ އީމެއިލް މެދުވެރިކޮށް   [email protected] އަށް އީމެއިލް ފޮނުއްވުން އެދެމެވެ.

މި މައުރަޒޮގެ ބައިވެރިންގެ ތެރެއިން އެންމެ މޮޅު އުފެއްދުމެއް ހުށަހަޅާ ފަރާތަކަށް، އިނާމެއްގެ ގޮތުގައި 50،000 ޑޮލަރު ދޭ ގޮތަށްވަނީ ހަމަޖެހިފައިއެވެ.

މި މައުރަޒް ތާވަލް ކުރެވިފައިވާ ގޮތް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި މިވަނީއެވެ.

 

17 ސެޕްޓެމްބަރ 2024

17 ސެޕްޓެންބަރު 2024
ހޯދާ