މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ: 4465.00 ރުފިޔާ

ސަރވިސް އެލަވަންސް: 1500.00ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ހިއުމަން ރިސޯސް ސެކްޝަން   

ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • މުވައްޒަފަކު ހޯދުމަށް ރިކުއެސްޓް ކުރުމުން ހުސްމަޤާމް އޮތްތޯ ބެލުން
  • ސެކްޝަން ވެރިޔާގެ ލަފާގެ މަތިން ހުސް މަޤާމްތަކަށް އިޢުލާން ކުރުން
  • ޖޮބް އެޕްލިކޭޝަން ބަލައިގަތުމުގެ އެންމެހާ ކަންތައްތައް ހަމަޖެއްސުން 
  • ޖޮބް އެޕްލިކޭޝަން އެންޓްރީން ލިބުމުން ޝޯޓްލިސްޓްކުރުން
  • ޖޮބް އެޕްލިކަންޓްސްތަކުގެ ޝަރުތު ހަމަވޭތޯ ބަލައި، ހަމަވާ އެޕްލިކޭޝަންތައް ޝޯޓްލިސްޓްކުރުން
  • ޝޯޓްލިސްޓް ނުވާ މީހުންނަށް ޝޯޓްލިސްޓް ނުވާކަން ލިޔުމުން އެންގުން
  • އިންޓަވިއުކުރުވުން
  • އިންޓަވިއު ޕެނަލް އެކުލަވާލުމަށް އެޗް.އާރު ޕެނަލަށް ހުށަހެޅުން
  • އިންޓަވިއު ބާއްވާނެ ދުވަހެއް ކަނޑައަޅާ ޝޯޓްލިސްޓް ކުރެވުނު ކުދިންނަށް އިންޓަވިއުއަށް ލިޔުމުން އެންގުން
  • ސިލެކްޝަން ހެދުން
  • އިންޓަވިއު ނިމުމުން އިންޓަވިއު ޕެނަލްއިން ދީފައިވާ މާކްސްތަކާއި މަސައްކަތު ތަޖްރިބާއަށް ލިބިފައިވާ މާކްސްތަކާއި ސެޓްފިކެޓްތަކަށް ލިބިފައިވާ މާކްސްތަކުގެ ކަލްކިއުލޭޝަން ހެދުމަށްފަހު ޝީޓަށް އެންޓަރކުރުން (A1 ފޯމް ތައްޔާރުކުރުން)
  • ސިލެކްޝަން ހެދުމަށްފަހު ސިވިލް ސަރވިސްއަށް ވަޒީފާ ހަމަޖެއްސުމަށް ފޮނުވުން (ސިވިލް ސަރވިސް ވިއުގަ އިން ފޮނުވުން)
  • އިންޓަވިއުކޮށް ނިމުމުން ވަޒީފާއަށް ނުހޮވޭ މުވައްޒަފުންނަށް ލިޔުމުން އެންގުން
  • ވަޒީފާއިން ވަކިވާ މުވައްޒަފުންގެ މަސައްކަތްތައް ކުރުން
  • ވަޒީފާއިން ވަކިވާން އެދި ސިޓީ ހުށަހެޅުމުން އެމުވައްޒަފެއްގެ ސުޕަވައިޒަރގެ އެޕްރޫވަލް ހޯދުން
  • އެޕްރޫވަލް ލިބުމުން ސިވިލް ސަރވިސްއަށް އެމުވައްޒަފަކު ވަކި ކުރުމަށް ސިވިލް ސަރވިސްއަށް ހުށަހެޅުން (ވިއުގައިން)
  • ޗިޓް ލިބުމުން މުވައްޒަފަށް އެންގުން (ޗިޓްގެ ކޮޕީއެއް ހަވާލުކުރުން)
  • މުވައްޒަފުން ވީއްލުމަށް އެއްވެސް ފަރާތަކުން އެދޭތާ 3 ދުވަސް ތެރޭ އެމުވައްޒަފަކު ވީއްލިކަން ނުވަތަ ނުވީއްލާކަން އެފަރާތަކަށް އެންގުން.
  • އެޗް.އާރު ޕެނަލް އަށް ހުށަހަޅަންޖެހޭ މައްސަލަ އެއްނަމަ ވީއްލުމަށް އެދި ސިޓީ ލިބޭތާ އެއް ދުވަސް ތެރޭ އެޗް.އާރު.އެމް.ޑީއަށް ހުށަހެޅުން. އަދި އެޗް.އާރު.އެމް.ޑީ ޕެނަލް އިން ނިންމާތާ ގިނަވެގެން 2 ދުވަސް ތެރޭ އެދުނުފަރާތަށް ޖަވާބު ދިނުން.
  • މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން 
  • ވަގުތުން ވަގުތަށް ރަޖިސްޓްރީ އަޕްޑޭޓް ކުރަމުން ގެންދިއުން
  • ހުސްވަޒީފާތައް ބަލަން ބޭނުންވެއްޖެހިނދެއްގައި އެ މައުލޫމާތު ދެނެގަނެވޭނޭހެން ރަޖިސްޓްރީ ބެލެހެއްޓުން 
  • ކޮންމެ މަހެއް ފެށޭ ދުވަހު އެންމެ ފަހުގެ ރަޖިސްޓްރީގެ ކޮޕީއެއް ޕްރިންޓްކޮށް ސެކްޝަންގެ ވެރިޔާ ލައްވާ ސޮއިކުރުވުމަށްފަހު ޑިޕާޓްމަންޓް ހެޑަށް އެރުވުން.

ނޯޓް:

  • މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.  
  • މި މަޤާމުގެ އިންޓަވިއު އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2015 ޖޫން 22 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

21 ޝަޢުބާން 1436

08 ޖޫން 2015
ހޯދާ