ދިވެހިރާއްޖެ
މިއިދާރާގެ 01 ވަނަ މަދަހަ މުބާރާތް ބޭއްވުމަށް 09 މެއި 2024 ވަނަ ދުވަހު ކުރެވުނު ނަމްބަރު (IUL)409/409/2024/42 އިއުލާން ބާޠިލްކޮށް އަލުން އިއުލާންކޮށް ބައިވެރިވުމަށް ހުޅުވާލަމެވެ. މިމަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއަކަށް ވަނީ ހުޅުވާލެވިފައެވެ.
އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އަދި ހުށަހަޅާ މަދަހައާއި އެކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެންދުނު 9:00 ފެށިގެން 14:00 އަށް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.