މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮންޒަވޭޝަން އޮފިސަރ

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ކޮންޒަވޭޝަން އޮފިސަރ - އައްޑޫ ސިޓީ ހިތަދޫ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ ކޮންޒަވޭޝަން އޮފިސަރެއް ހޯދުމަށް ކުރެވުނު IUL) 438/438/2015/102) ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ކޮންޒަވޭޝަން އޮފިސަރެއްގެ މަސައްކަތަކީ ޕްރޮޖެކްޓްގެ ޑޮކިޔުމަންޓާއި، އެންވަޔަރަމަންޓް އަދި ސޯޝަލް ޑިޔު ޑިލިޖެންސް ޑޮކިޔުމަންޓްގައި ބަޔާން ކުރެވިފައިވާ ގޮތަށް މަޝްރޫއު އަތޮޅާއި ރަށު ފެންވަރުގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަންނީ، އިދާރީ އަދި ހިންގުމުގެ އެހީތެރިކަން ކަމާބެހޭ ފަރާތްތައް ކަމުގައިވާ، ސިޓި/އަތޮޅު/ރަށު ކައުންސިލް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، ޕްރޮޖެކްޓްގައި މަސައްކަތްކުރާ ފަރާތްތައް، ކޮންސަލްޓަންޓުން، ސަރުކާރުގެ ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ އިތުރުން ރަށުގެ ރައްޔިތުންނާއި ކަމާބެހޭ މަދަނީ ޖަމުޢިއްޔާތަކަށް ފޯރުކޮށްދިނުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:

  • އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން؛

ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލުކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • ދާއިރާގައި މަދުވެގެން (2) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫއުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛
  • އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މި ކަމަށް ޝައުުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މަސައްކަތަށް ޤާބިލު ފަރާތެއް ހޮވޭނީ ކެންޑިޑޭޓުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން ކަނޑައެޅޭ އުސޫލެއްގެ ދަށުންނެއެވެ.

މަސައްކަތަށް ހޮވޭފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލާ -/10,000 ރުފިޔާ އާއި -/15,000 ރުފިޔާ އާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ތިރީސް ހަ (36) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖޫން 25 ވަނަދުވަހުގެ 15:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 2015 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

10 ޖޫން 2015
ހޯދާ