ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ  

ވަޒީފާގެ ދާއިރާ:

އދ. ކުނބުރުދޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/9,000ރ އާއި -/21,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅޭ ދާއިރާއަކުން  އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  1. އިންޖީނުގޭގެ މެނޭޖަރެއްގެ ހައިސިއްޔަތުން މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި އިންޖީނުގެ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރުން.
  2. އިންޖީނުގެ ހިންގުމާއި ޙަވާލުވެހުންނަ އެންމެއިސް މުވައްޒަފެއްގެ ޙައިސިއްޔަތުން ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް، ފޯރުކޮށްދިނުމައްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
  3. މުވައްޒަފުންނާއި ގުޅުންހުރި ކަންތައްތައް ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ހިންގުމާއި، މުވައްޒަފުންގެ ރެކޯރޑްސް ބެލެހެއްޓުން
  4. ކުންފުނިން ދެމުން ގެންދާ ޚިދުމަތްތަކާ ބެހޭ ހުރިހާ ކަމެއްގައި ހަމަޖެހިފައިވާ ޤަވާއިދު ތަކާއި އުސޫލް ތަކާއި އެއްގޮތަށް ޢަމަލު ކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

17 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އދ. ކުނބުރުދޫ އިންޖީނުގެ އަށް 17 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

09 ރަބީޢުލްއައްވަލް 1446

12 ސެޕްޓެންބަރު 2024

12 ސެޕްޓެންބަރު 2024
ހޯދާ