މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޅ.އޮޅުވެލިފުށި ސްކޫލުގެ 5 ކުލާސްރޫމާއި 2 ފާޚާނާ ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ޅ.އޮޅުވެލިފުށި ސްކޫލުގެ 5 ކުލާސްރޫމާއި 2 ފާޚާނާ ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް:

ޅ. އޮޅުވެލިފުށި ސްކޫލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 5 ކްލާސްރޫމާއި 2 ފާޚާނާ (2 ބުރި ޢިމާރާތް) އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:30

30  ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ