މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލ.ދަނބިދޫ ސްކޫލް 5 ކްލާސްރޫމާއި ސްޓާފްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ލ.ދަނބިދޫ ސްކޫލުގެ 5 ކްލާސްރޫމާއި ސްޓާފްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ލ. ދަނބިދޫ ސްކޫލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 5 ކްލާސްރޫމާއި ސްޓާފްރޫމް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:30

30  ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ