ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މި އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (ICDS) ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑައިރެކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރުގެ ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއީ އޮންލައިންކޮށް (ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް) ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކެކެވެ.

#

ޕްރޮގްރާމް އޮންނަ ތާރީޚު

ރަޖިސްޓަރީވުމުގެ ސުންގަޑި

1.

އޮކްޓޫބަރު 20 އިން 22 އަށް

15 އޮކްޓޫބަރު 2024ގެ ނިޔަލަށް

2.

ނޮވެންބަރު 12 އިން 14 އަށް

06 ނޮވެންބަރު 2024ގެ ނިޔަލަށް

3.

ޑިސެންބަރު 10 އިން 12 އަށް

04 ޑިސެންބަރު 2024ގެ ނިޔަލަށް

 

ޕްރޮގްރާމާގުޅޭ އިތުރު މަޢުލޫމާތު

ޕްރޮގްރާމްގެ ނަން:

ލޯކަލް އޮތޯރިޓީ ކޮމްޕެނީސް ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް

ޕްރޮގަރާމް އޮންނަ ގަޑި:

ހެނދުނު 09:00 އިން 14:00 އަށް

ޓާރގެޓް އޯޑިއަންސް:

ކައުންސެލަރުންނާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތައް

ފީ:

1,000ރ ( އެއް ހާސް ރުފިޔާ)

 

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ޕޭމަންޓް ސްލިޕް އަދި އައީ.ޑީ.ކާޑްގެ ކޮޕީ އެޓޭޗްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު އައި.ސީ.ޑީ.އެސް ގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

11 ސެޕްޓެންބަރު 2024
ހޯދާ