މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސެލްފް ލޮކް ސީލް ހައްދައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިކުންފުނީގެ މެއިލް ބެއިގްތައް ބަންދުކުރުމަށް ބޭނުންވާ ސެލްފް ލޮކް ސީލް ހައްދައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޖޫން 2015 ވާ ހޯމަ ދުވަހުގެ 13:00އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޖޫން 2015ވާ ބުދަ ދުވަހުގެ 13:00އަށް 5ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޒިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ. މިއިޢުލާނާ ގުޅިގެން ކުރިން ކުރެވުނު 76/ADMHR-MPL/2015ފ(14 މޭ 2015)ގެ އިޢުލާން ބާޠިލުކޮށްފީމެވެ.

21 ޝަޢުބާން 1436

08 ޖޫން 2015
ހޯދާ