ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކާރާއި ޕިކަޕްގެ ޚިދުމަތްދިނުން

މިޑިޕާޓްމަންޓުން ބާއްވާ އިމްތިޙާންތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމަށާއި އުފުލަންޖެހޭ ތަކެތި އުފުލުމަށް އެއްއަހަރު ދުވަހުގެ މުއްދަތަށް ކާރާއި ޕިކަޕްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް 2015 މޭ 21 ވަނަ ދުވަހު ކުރި ނަންބަރު IUL)120/1/2015/27) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 22 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ