މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކޮންކްލޫޑިން އޮބްޒަވޭޝަން ތަރުޖަމާކުރުން

1993 ވަނައަހަރު ދިވެހިރާއްޖެ ބައިވެރިވެފައިވާ 'އަންހެނުންނާމެދު ކުރެވޭ ނޭދެވޭ ތަފާތުތައް ނައްތާލުމާބެހޭ މުޢާހަދާ' (Convection on the Elimination of All Forms of Discrimination Against Women CEDAW) (ސީޑޯ)ގެ ދިވެހިރާއްޖޭގެ ހަތަރެއް އަދި ފަސްވަނަ ޕީރިއޮޑިކް ރިޕޯޓުގެ ރިވިއުގެ "ކޮންކްލޫޑިން އޮބްޒަވޭޝަންސް" އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، "ކޮންކްލޫޑިން އޮބްޒަވޭޝަންސް" އިނގިރޭސިބަހުން، ދިވެހިބަހަށް ތަރުޖަމާކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:30 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ