މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
'އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް

މި މިނިސްޓްރީން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ 5 ވަނަ މާއްދާގެ ދަށުން، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ކުރެވުނު ނަންބަރު IUL)138-PIS2/138/2015/31) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، ތިރީގައިވާ މަޝްރޫޢޫތަކަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެވިފައިވާ މެއިލް އެޑްރެހަށް މި އިޢުލާނާ ހަވާލާދެއްވައި މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ.

  • ހއ. ދިއްދޫ ދޯނި އެހެލާ ސަރަޙައްދު ހެދުން
  • ށ. މާއުނގޫދޫ ބަނދަރު ހެދުން
  • ރ. ހުޅުދުއްފާރު ހާބަރު ހެދުން
  • ރ. މަޑުއްވަރީ ހާބަރު ހެދުން

ޝައުޤުވެރިވާ ފަރާތްތަކުން ބިޑްހުޅުވުމަށް ހަމަޖެހިފައިވާ 18 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންޖިނިއަރިންގ ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004163    ފެކްސް:3004301

އީ-މެއިލް: [email protected]

      [email protected]

11 ޖޫން 2015
ހޯދާ