މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިއިދާރާގެ ނަންބަރު: (IUL)305-ME305/305/2024/82 (20 އޯގަސްޓް 2024)  އިޢުލާނާނަށް އެންމެ ފަރާތަކުން އިޖާބަ ދެއްވާފައިވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

            ރ.މާކުރަތު ޓިއުލިޕް ގޭގެ ހުޅަނގުން އޮތް ހުސްބިމުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުންދޭ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރަޖިސްޓްރީކޮށް 29 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

       06 ރަބީޢުލްއައްވަލް 1446                         

       09 ސެޕްޓެމްބަރ 2024             

09 ސެޕްޓެންބަރު 2024
ހޯދާ