ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާޓް ޓައިމް ލެކްޗަރަރއިން ހޯދުމާ ގުޅޭ

އިޢުލާން

ޕާޓް ޓައިމް ލެކްޗަރަރއިން ހޯދުމާ ގުޅޭ:

އިސްލާމިކް  ސްޓަޑީޒްގެ  ދާއިރާއާއި،  އުނގަންނައިދިނުމުގެ  ދާއިރާއާއި،  ޤުރްއާނާއި  އިނގިރޭސިބަސް  ކިޔަވައިދެއްވުމުގެ  ޝައުޤުވެރިކަންހުރި  ޕާޓް ޓައިމް  ބޭފުޅުން  މި  ފެކަލްޓީއަށް  ބޭނުންވެއެވެ.

ޕާޓް ޓައިމްކޮށް ކިޔަވައިދެއްވުމަށްއެދިވަޑައިގެން ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން، ކުރިން މި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ އަދި އެބޭފުޅުންގެ ކިޔަވައިދެއްވުން ރަނގަޅުކަމަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ،  މިކަމަށް  ޝައުޤުވެރިވެވަޑައިގަންނަވާ  ފަރާތްތަކުން،  އައި.ޑީ ކާޑުގެ  ކޮޕީއަކާއެކު،  ލިބިވަޑައިގެންފައިވާ  ސެޓްފިކެޓްތަކާއި  ޓްރާންސްކްރިޕްޓްތަކުގެ  ކޮޕީ،  2015  ޖޫން  16  ވާ  އަންގާރަ  ދުވަހުގެ  14:00  ގެ ކުރިން،  މި  ފެކަލްޓީގެ  އިދާރީ  ބަޔަށް  ހުށަހެޅުއްވުން  އެދެމެވެ.

ކުރިން މި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅެއްނަމަ، ހަމައެކަނި ސިޓީއެއް ހުށަހެޅުއްވުމުން ފުދޭނެއެވެ.

20 ޝަޢުބާން 1436

07 ޖޫން 2015
ހޯދާ