ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި އެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް ރިހިބިލިޓޭޝަން ސެންޓަރަށް، ފެންވެރުމަށާއި އެހެނިހެން ކަންކަމަށް ބޭނުންވާ 6000 (ހަހާސް) ޓަނު ފެން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2015/40)ފ(31 މޭ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަތީ އެންމެ ފަރާތަކުންކަމަށްވާތީ މި އެޖެންސީގެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރެއްވުން |
16 ޖޫން 2015 |
އަންގާރަ |
11:00 (މެންދުރުކުރި) |
އަންދާސީހިސާބު ހުށަހެޅުއްވުން |
22 ޖޫން 2015 |
ހޯމަ |
11:00 (މެންދުރުކުރި) |
23 ޝަޢުބާން 1436