މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ސިޓީލާ ނީލަމުގައި މި އިދާރާގެ 250 ހޯސްޕަވަރ ގެ 02 ޔަމަހާ ޕަވަރހެޑް ވިއްކާލުމާގުޅޭ.

މި އިދާރާގެ ތިރީގައި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ.

ނީލަމުގެ ތަފްޞީލް

އައިޓަމް ނަންބަރު

ތަކެތީގެ ބާވަތް

ފެށޭ އަގު

އަގަށް އިތުރުކުރެވޭ މަދު މިންވަރު

1

250 ހޯސްޕަވަރގެ ޔަމަހާ ޕަވަރހެޑް

20،000.00 (ވިހި ހާސް) ރުފިޔާ

3000.00 (ތިންހާސް) ރުފިޔާ

2

250 ހޯސްޕަވަރގެ ޔަމަހާ ޕަވަރހެޑް

20،000.00 (ވިހި ހާސް) ރުފިޔާ

3000.00 (ތިންހާސް) ރުފިޔާ

 

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ޙާޟިރުވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށައަޅާ އަގު ބަޔާންކޮށް 11 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީދުވަސްތަކުގެ 13:00 ގެ ކުރިން މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ NL04 ފޯމް ފުރިހަމަކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކޮށް މިއިދާރާގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ.

ކޮންމެ ދުވަހެއްގައި ހުށައަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00 ގެ ފަހުން މި އިދާރާގެ ނޯޓިސްބޯޑާއި،  ފޭސްބުކުޕޭޖް (https://www.facebook.com/raa.atoll.council/) އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕް ގައި އާންމު ކުރެވޭނެވެ.

ނީލަމަށް ހުޅުވާލާތާ 7 (ހަތެއް) ދުވަސް ތެރޭގައި ޖެހިޖެހިގެން ރަސްމީ 2 (ދޭއް) ދުވަސް އެއް އަގެއް ހުށައެޅިފައި ވާނަމަ އެފަރާތަކަށް ނީލަން ކާމިޔާބު ވާނެއެވެ. އެއް އަގެއް ދެފަރާތަކުން ހުށައަޅާފައި ވާނަމަ އާންމު ކުރެވޭނީ ފުރަތަމަ ހުށައެޅި ފަރާތުގެ އަގެވެ. ނީލަން ކާމިޔާބު ވިކަން އަންގާތާ ރަސްމީ 5 (ފަހެއް) ދުވަސް ތެރޭގައި ފައިސާ ދައްކާ ޚަލާސްކޮށް، މުދަލާއި ހަވާލުވާން ވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި މި އިދާރާގެ  6580536، ނަމްބަރަށް ގުޅުއްވުން އެދެމެވެ.

09 ސެޕްޓެންބަރު 2024
ހޯދާ