ބ. ދޮންފަނު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުމާގުޅޭ

މިޞިއްޙީމަރުކަޒުގައި ބޭނުންކުރުމަށްފަހު ބައުވެ ނުވަތަ ހަލާކުވެގެން އަދި މައްސަލަޖެހިގެން ނީލަން ކިޔުމަށް ނަގާފައިވާ، މިއިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.  ނީލަމުން ތަކެތި ނަންގަވާފަރާތްތަކުން ނީލަން ނިމޭތާ 1 ދުވަހުގެތެރޭގައި ނީލަމުން ނެންގެވިތަކެއްޗަށްވާ ފައިސާ މިޞިއްޙީމަރުކަޒަށް ދެއްކެވުމަށްފަހު ފައިސާ ދައްކަވާ ދުވަހުންފެށިގެން  ސަރުކާރު ބަންދުނޫން 1 ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަވަންވާނެއެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނެންގެވި ތަކެތި 1 ދުވަހުގެތެރޭގައި ނުގެންދަވައިފިނަމަ އެތަކެއްޗާމެދު މިޞިއްޙީމަރުކަޒުން ނިންމާ ގޮތެއްގެމަތިން ޢަމަލުކުރެވޭނެއެވެ.

        ވީމާ، މިނީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން 19 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށް މިޞިއްޙީމަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ.

        މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 ސެޕްޓެންބަރު 2024
ހޯދާ