ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން:

 

                             

ލޭންޑް ޔޫސް ޕްލޭންގައި ސިނާއީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމުން ތެލުގެ ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި ތިރީގައި މިދަންނަވާ ތަކެތީގެ ނީލަންކިޔުން އޮންނާނެއެވެ. މިތަކެތީގެ ނީލަންކިއުން އޮންނާނީ 17 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި އެމް.ޓީ.ސީ.ސީގެ ސައިޓްކައިރީގައެވެ.  މިތަކެތި ނީލަމުން ނަންގަވާ ފަރާތްތަކުން 05 ދުވަހުގެތެރޭ ގައި ކަނޑައިގެން ގެންގޮސް ތަންސާފު ކުރައްވަން ވާނެއެވެ. ތަކެތި ނީލަމުން ނަންގަވާ ފަރާތުން ވަގުތުން އަގުއަދާ ކުރައްވަން ވާނެއެވެ ނީލަމުން ނަންގަވާ ތަކެތި މުއްދަތުގައި ނުގެންދަވާނަމަ ހަމަޖެހިފައިވާ އުޞޫލުން ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

ތަފްސީލް:

  ބާވަތްތައް

ގަހުގެ ބޮޑުމިން

އަދަދު

ކާނި ގަސް

13.8 ކާނިގަސް 1 (13 ފޫޓް 8 އިންޗި)

7.0 ކާނިގަސް 2 (7 ފޫޓް 0 އިންޗި)

02

އުނި ގަސް

18.7 (18 ފޫޓް 7 އިންޗި)

01

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއި އިޢުލާން ކުރީމެވެ.

                             

                              05 ރަބީޢުލްއައްވަލް 1446

            

08 ސެޕްޓެންބަރު 2024
ހޯދާ