ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް މިދަންނަވާ ތަކެތި މިކުންފުންޏަށް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2015/061ފ(25 މޭ 2015) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
# |
Description |
Qty |
Unit |
01 |
Branch OD 160/110, 45degrees |
230 |
Nos |
02 |
Coupler OD 110mm |
550 |
Nos |
03 |
Reducer OD 160/110mm |
600 |
Nos |
04 |
Bend OD 110mm, 45 degrees |
350 |
Nos |
05 |
Socket Plug OD 110mm |
200 |
Nos |
06 |
Branch OD 110/110mm, 45degrees |
250 |
Nos |
07 |
Pipe OD 110mm, L=5m |
550 |
Nos |
08 |
Pipe OD 160mm, L=5m |
250 |
Nos |
09 |
Inspection chamber base (IC 315mm) including rubber ring |
850 |
Nos |
10 |
Shaft pipe 315mm |
850 |
Nos |
11 |
Coupler OD 160mm |
550 |
Nos |
- Application: underground drainage and sewerage
- Material: plasticized polyvinyl chloride (u-PVC)
- Color: orange or brown
- Jointing method: ring seal socket
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަތީގައިވާ އައިޓަމްތަކުގެ ފޮޓޯ ހިމެނޭ މަޢުލޫމާތު ކަރުދާހެއް ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި ހެނދުނު 08:00 ން 16:00 އަށް މި ކުންފުނީގެ ހެޑްއޮފީހުން (ޕޯޓް ކޮލްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ލިބެން ހުންނާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުރިހާ އައިޓަމަކަށް އަގު ހުށަހަޅުއްވަންވާނެއެވެ.
ހުށަހަޅަންވީ ތަކެތި:
- މިތަކެތި ސަޕްލައިކޮށްދެވޭނެ އަގު. (ލިސްޓުގައިވާ ހުރިހާ ތަކެއްޗަށް އަގު ހުށަހަޅުއްވަންވާނެއެވެ. އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ އަށްވާ ޖުމްލަ އަދަދު ވަކިން އެނގޭނެހެން)
- މިތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަން.
- ސަޕްލައިކޮށްދެވޭނެ މުއްދަތު:
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- ދައުލަތަށް ދައްކަންޖެހޭ ޓެކްސް ކްލިއަރ ކުރިކަމުގެ ލިޔުން.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން.
އަންދާސީހިސާބުގައި ޕޮއިންޓް ދެވޭ ގޮތް:
- އަގަށް (ދިވެހިރުފިޔާ) 60 ޕޮއިންޓް
ހުށަހެޅޭ އެންމެހެޔޮ އަގު / ހުށަހެޅި އަގު 60x
- ބިލަށް ފައިސާދެއްކުމަށް ދެވޭ މުއްދަތު (ދުވަސް) 30 ޕޮއިންޓް
ފައިސާ ދެއްކުމަށްދެވޭ މުއްދަތު 30x
- ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް) 10 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10x
ނޯޓް: ބިޑް ކާމިޔާބު ކުރައްވާ ފަރާތުން މިތަކެތީގެ ސާމްޕަލް ހުށަހަޅަންވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
Managing Director Fenaka Corporation Ltd Iulaan No:FNK-K(T)/FNK/IUL/2015/066 Port Complex.7th Floor HilaaleeMagu, Maafannu Male’ |
މެނޭޖިންގ ޑިރެކްޓަރ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިޢުލާން ނަންބަރ:FNK-K(T)/FNK/IUL/2015/066 ޕޯޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ ހިލާލީމަގު، މާފަންނު މާލެ |
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 11:30 ގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާކުރާ މާލަމުގައި، މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. |
|
ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރުވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018187 ނަންބަރު ފޯނު މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށެވެ. 24 ޝަޢުބާން 1436 |