ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕިކަޕެއް ގަތުމާބެހޭ

މިކުންފުނީގެ އެކިއެކި ބޭނުންތަކުގައި މާލޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށާއި، މުދާ އުފުލުމަށްޓަކައި 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 17 ވާ ބުދަ ދުވަހުގެ 12:30 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

24 H 1436

11 ޖޫން 2015
ހޯދާ