ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތަކެތި ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ

ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް މިދަންނަވާ ތަކެތި މިކުންފުންޏަށް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2015/058ފ(25 މޭ 2015) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

#

Description

Qty

Unit

01

End Plug 20mm

1000

Nos

02

Coupling 20mm

1500

Nos

03

Male Adaptor 20mm X ½”

2000

Nos

  • Application: Water
  • Material:  Polypropylene, high grade copolymer
  • Color:  White/Blue
  • Jointing method:  Threaded connections
  • Pressure ratings:  Minimum PN 10

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަތީގައިވާ އައިޓަމްތަކުގެ ފޮޓޯ ހިމެނޭ މަޢުލޫމާތު ކަރުދާހެއް ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި ހެނދުނު 08:00 ން 16:00 އަށް މި ކުންފުނީގެ ހެޑްއޮފީހުން (ޕޯޓް ކޮލްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ލިބެން ހުންނާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުރިހާ އައިޓަމަކަށް އަގު ހުށަހަޅުއްވަންވާނެއެވެ.

ހުށަހަޅަންވީ ތަކެތި:

  • މިތަކެތި ސަޕްލައިކޮށްދެވޭނެ އަގު. (ލިސްޓުގައިވާ ހުރިހާ ތަކެއްޗަށް އަގު ހުށަހަޅުއްވަންވާނެއެވެ. އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީއަށް ވާ ޖުމްލަ އަދަދު ވަކިން އެނގޭނެހެން.)
  • މިތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަން.
  • ސަޕްލައިކޮށްދެވޭނެ މުއްދަތު:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • ދައުލަތަށް ދައްކަންޖެހޭ ޓެކްސް ކްލިއަރ ކުރިކަމުގެ ލިޔުން.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން.

އަންދާސީހިސާބުގައި ޕޮއިންޓް ދެވޭ ގޮތް:

  • އަގަށް (ދިވެހިރުފިޔާ) 60 ޕޮއިންޓް

    ހުށަހެޅޭ އެންމެހެޔޮ އަގު / ހުށަހެޅި އަގު 60x

  • ބިލަށް ފައިސާ ދެއްކުމަށް ދެވޭ މުއްދަތު (ދުވަސް) 30 ޕޮއިންޓް

    ފައިސާ ދެއްކުމަށް ދެވޭ މުއްދަތު 30x

  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް) 10 ޕޮއިންޓް

    ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10x

ނޯޓް: ބިޑް ކާމިޔާބު ކުރައްވާ ފަރާތުން މިތަކެތީގެ ސާމްޕަލް ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

Managing  Director

Fenaka Corporation Ltd

IulaanNo:FNK-K(T)/FNK/IUL/2015/073

Port Complex.7th Floor

HilaaleeMagu,

Maafannu

Male’

މެނޭޖިންގ ޑިރެކްޓަރ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

އިޢުލާން ނަންބަރ:FNK-K(T)/FNK/IUL/2015/073

ޕޯޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ

ހިލާލީމަގު، މާފަންނު

މާލެ

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާކުރާ މާލަމުގައި، މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރުވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018187 ނަންބަރު ފޯނު މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށެވެ.

24 ޝަޢުބާން 1436

11 ޖޫން 2015
ހޯދާ