މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކ. ކަނޑުއޮތްގިރީގައި ހުރި ބާދަގަނޑު ނީލަމުގައި ވިއްކާލުން

މި ކުންފުނިން ކ. ކަނޑުއޮތްގިރީގައި ހިންގަމުންގެންދިޔަ ފެކްޓްރީގައި ހުރި ބާދަގަނޑާއި އެފަދަ އެހެނިހެން ސާމާނުތަކެއް ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ނީލަން ކުރިއަށް ގެންދާނީ ކ. ކަނޑުއޮތްގިރީގައެވެ. ނީލަމުގައި ވިއްކާލެވޭ ތަކެތީގެ ތަފްޞީލީ މަޢުލޫމާތުއާއި އަދަދު، ކަނޑުއޮތްގިރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ތަކެތި ބެއްލެވުމަށްފަހު އެ ތަކެއްޗަށް ހުށަހަޅާ އަގު ބަޔާންކޮށް، ސީލްކުރެވިފައިވާ ސިޓީއެއް ނީލަން ފެށުމުގެ ކުރިން ހުށަހަޅަންވާނެއެވެ. ހުށަހަޅާ އަގުތަކުގެ ތެރެއިން އެންމެ މަތީ އަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ. އެންމެ މަތީ އަގު ހުށަހަޅާ ފަރާތް ނީލަމުގެ ބައިވެރިންގެ ހާޒިރުގައި ކަނޑައެޅޭނެއެވެ. ނީލަން ފަށާއިރު އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ނީލަން ކުރިއަށްދާނެގޮތުގެ ތަފްޞީލް:

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

އީމެއިލް މެދުވެރިކޮށް ނަމަ

[email protected]

 

މިފްކޯ ހެޑް އްފީސް ކައުންޓަރ އިން

 

8 ސެޕްޓެމްބަރ 2024

މެންދުރުފަހު 2:00 ގެ ކުރިން

ބައިވެރިވުމަށް ހުށައަޅަންޖެހޭ މަޢުލޫމާތު: ފުރިހަމަ ނަން، ގުޅޭނެ ނަންބަރ، އީމެއިލް އެޑްރެސް، އައިޑީ ކާރޑް ނަންބަރ

ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަން

ކ. ކަނޑުއޮތްގިރި

9 ސެޕްޓެމްބަރ 2024

ހެނދުނު 10:00ގައި

ނީލަންކިޔުން

ކ. ކަނޑުއޮތްގިރި

9 ސެޕްޓެމްބަރ 2024

ހެނދުނު 11:00ގައި

 

ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކ. ކަނޑުއޮތްގިރިއަށް ގެންދެވުމުގެ އިންތިޒާމު މި ކުންފުނިން ހަމަޖައްސައި އަންގައިދޭނެއެވެ.


 ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/10,000 (ދިހަހާސް) ރުފިޔާގެ ކޭޝް ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ. އަދި ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކެވިފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު  އެގްރިމެންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން 05 ދުވަހުގެ މުއްދަތުގައި  ތަކެތި ގެންދިޔުމުގެ މަސައްކަތްކޮށް ނިންމަވަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، އެކަށީގެންވާ ސަބަބެއް ނެތި ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެއްބަސްވުން ބާތިލް ކޮށް، ޑިޕޮސިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދިނުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވެއެވެ. އަދި ޖެހިގެން އެންމެ ރަގަނޅު އަގު ހުށަހަޅާފައިވާ ފަރާތަށް ނީލަން ކާމިޔާބުކޮށްދިނުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. 

އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7997886 ފޯނާ ގުޅުއްވުން އެދެމެވެ.

 
05 ސެޕްޓެންބަރު 2024
ހޯދާ