ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓް)

މުނިސިޕަލް މަސައްކަތު މީހުން ހޯދުމާބެހޭ

މަޤާމް:                   މުނިސިޕަލް މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓް)

ބޭނުންވާ އަދަދު:              20

ވަޒީފާއޮތް އޮފީސް:            ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ

މަޤާމްގެ ގިންތި (މުއްދަތު):        ވަގުތީ (މީލާދީ 1 އަހަރު)

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:    ހއ. މޮޅަދޫ ކައުންސިލްގެ އިދާރާ

މުސާރަ:                  މަސައްކަތް ކުރާ ގަޑިއިރަކަށް -/50 ރުފިޔާ

މަސައްކަތު ނުކުތުމަށް ހަމަޖެހިފައިވާ ގޮތް:ހަފްތާއަކު މަދުވެގެން 3 ދުވަހު (ދުވާލަކު 3 ގަޑިއިރު ކައުންސިލުން އަންގާ ގަޑިއެއްގައި)

 

މަޤާމްގެ ޝަރުތު:

-  ލިޔަން ކިޔަން އެނގުން

-  ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައިހުރި މީހަކަށްވުން

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތު:

- ކައުންސިލުން އަންގާގޮތެއްގެ މަތިން އިޖްތިމާއީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

- ކައުންސިލުން ޙަވާލުކުރާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ( މި ފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

-          ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފް ކޮޕީ

-          ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯންނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިންޓަރވިއު

40%

 

 

 

 

 

 

 

 

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތައް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައި ވާނަމައެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 2024 ސެޕްޓެންބަރު 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހއ. މޮޅަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް  މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 16 ސެޕްޓެންބަރު 2024 އާއި 30 ސެޕްޓެންބަރު 2024 އާ ދެމެދު  ހއ. މޮޅަދޫ ކައުންސިލްގެ އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް(A2) ޝީޓު" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6500031 ފޯނާއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.    

03 ސެޕްޓެންބަރު 2024
ހޯދާ