ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް ސުޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް ސުޕަވައިޒަރ

ވަޒީފާގެ ދާއިރާ:

ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/9,000ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނިން ސަޕްލަޔަރުންނަށް އަދި އިދާރީ ޚަރަދުތަކަށް ދައްކަންޖެހޭ ޕޭމަންޓްތައް ހެދުމުގެ އިންތިޒާމްތައް ހަމަޖައްސައިދީ ބެލެހެއްޓުން.
  • ކުންފުނީގެ ޕޭޔަބަލް ރިކޯރޑް ރިކޮންސައިލްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ޑިޕާރޓްމަންޓްތަކަށް ބޭނުންވާ ޕެޓީކޭޝް، ދަތުރު ޚަރަދު އަދި އެހެނިހެން ޚަރަދުތައް ހަމަޖައްސައިދިނުން.
  • ކުންފުނީގެ ޕޭޔަބަލް ގައި މަސައްކަތް ކުރާ މުވައްޒަފުން ސުޕަރވައިޒް ކުރުން.
  • ކުންފުނީގެ ބޭންކް އެކައުންޓްތަކާއި އިންޓަރނެޓް ބޭންކިންގ އާއި ގުޅުންހުރި އިދާރީ ކަންކަން ބެލެހެއްޓުން.
  • އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އޮޑިޓަރުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށް ދިނުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން

4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

30 ޞަފަރު 1466

03 ސެޕްޓެންބަރު 2024

03 ސެޕްޓެންބަރު 2024
ހޯދާ