ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރު ސަރަހައްދުން ވޯކްޝޮޕް މަސައްކަތަށް ބިން ކުއްޔަށް ދޫކުރުން

ކުޑަހުވަދޫ ބަނދަރު ސަރަހައްދުން ވޯކްޝޮޕް މަސައްކަތަށް ބިން ކުއްޔަށް ދޫކުރުން

ކުޑަހުވަދޫ ލޭންޑް ޔޫޒް ޕްލޭންގައި B155 ގައި ވޯކްޝޮޕް މަސައްކަތަށް ފާހަގަކޮށްފައިވާ ސަރަހައްދުން 20 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.

 

  • ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ. 

 

ރަޖިސްޓްރީކުރުން؛ 

ރަޖިސްޓްރީކުރުން އޮންނާނީ 2024 ސެޕްޓެމްބަރ 08 ވަނަ  ދުވަހުން  ފެށިގެން 2024 ސެޕްޓެމްބަރ25  ވަނަ ދުވަހުގެ  ނިޔަލަށް  ( ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 12:00 ށް)، ރަޖިސްޓްރީ ކުރުމަށްއެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެ،

ރަޖިސްޓްރޭޝަން ފީ؛ 

ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/200ރ (ދުވިސައްތަ ރުފިޔާ) އަށެވެ. 

ޕްރީބިޑް މީޓިން؛ 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 10:00 ގެ ކުރިން ލިޔުމުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 10:00 ށް 

އެހެނިހެން ކަންކަން؛ 

  • ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައެވެ. 
  • ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ. 
  • ކޮންމެ ބިމަކަށް ބިޑް ހުށަހަޅާނީ ވަކިންނެވެ. އެއްބިމައްވުރެ ގިނަ ބިމަށް 1 ފަރާތަކުން ހުށައެޅިދާނެއެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ލިބޭނީ 1(އެކެއް) ބިމެވެ. މިނުކުތާގެ މަޤްޞަދަކީ، ގިނަ ފަރާތްތަކަކަށް ބިން ލިބިގެންދިއުމެވެ.
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.  ބިޑާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.

 

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

03 ސެޕްޓެންބަރު 2024
ހޯދާ