މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ކައުންސިލް އިދާރާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

             މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކައުންސިލް އިދާރާ މަރާމާތު ކޮށްދޭން ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

             މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހަޅުއްވާ ރަޖިސްޓްރީވެލައްވަން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އީމެއިލް[email protected]  މެދުވެރިކޮށް  ވެސް ބަލައިގަނެވޭނެއެވެ.

  • 03 ސެޕްޓެމްބަރު 2024 ވާ އަންގާރަ ދުވަހުގެ 18:00 އިން
  • 10 ސެޕްޓެމްބަރު 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް

މަޢުލޫމާތު ދިނުމާއި ސައިޓް ބެލުން

  • 12 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހު 13:00 ގައި ފީވަކު ކައުންސިލް އިދާރާގައެވެ.

ބީލަން ހުށަހެޅުން

  • 19 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

             ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލް ޒަރީޢާއިން ފޮނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލްކުރެވޭނެއެވެ.

             މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2024/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. 

             މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

03 ސެޕްޓެންބަރު 2024
ހޯދާ