މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ކާށިދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ބީ.އޯ.ކިއު އަދި ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކައުންސިލުންދޭ ކުރެހުމަކާއި އެއްގޮތަށް މިރަށު ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ބީ.އޯ.ކިއު އަދި ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާގޮތަށް ތާރީޚުތަކާއެއްގޮތަށް ބިޑް  ރަޖިސްޓްރީކުރައްވާ، މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ހުށައެޅުއްވުން އެދެމެވެ.

ބިޑުގައި ރަޖިސްޓްރީވުން

ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2024 ސެޕްޓެމްބަރ 9 ވާ ހޯމަ ދުވަހުގެ  13:00  ގެ ކުރިން، ބިޑުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ، 100.00 (ސަތޭކަ) ރުފިޔާ މިއިދާއަށް ދެއްކެވުމަށްފަހު ފުރިހަމަ ކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމާއި ވިޔަފާރި ރަޖިސްޓްރޭޝަން  ސެޓްފިކެޓްގެ ކޮޕީ، އަދި ފައިސާ ދެއްކެވި ސްލިޕް [email protected] އަށް އީމެއިލް ކުރެއްވުމުން ބިޑުގައި ރަޖިސްޓްރީ ކުރެވުނު ކަމުގެ ލިޔުން އެފަރާތަކަށް ފޮނުވޭނެއެވެ.

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

ބިޑުގައި ރަޖިސްޓްރީވި ފަރާތްތަކަށް ބިޑާއިގުޅޭ މަޢުލޫމާތު ދިނުމަށް 2024 ސެޕްޓެމްބަރ 11 ވާ ބުދަ ދުވަހުގެ 11:00ގައި، މިއިދާރާގެ މީޓިންގރޫމުގައެވެ.

މި ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައެޅުން

ބިޑް ހުޅުވުން އޮންނާނީ  2024 ސެޕްޓެމްބަރ 17 ވާ އަންގާރަ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާ ނަމަ،ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގުޅޭނެ ނަންބަރު) ([email protected])  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މާޢުލޫމާތު:

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ، ފޯން:6645377
ކ.ކާށިދޫ، ދިވެހިރާއްޖެ

ފޯން ނަންބަރ:  އީމެއިލް: ([email protected]

 

މާކްސް ދެވޭނެގޮތް:

  1. މަސައްކަތު ތަޖުރިބާ: މަސައްކަތާއި ގުޅުންހުރި ތަޖުރިބާގެ ލިޔުމެއް ހުށަހަޅާފައިވާނަމަ ލިބޭނީ 10 ޕަސެންޓެވެ.
  2. މަސައްކަތުގެ އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ 75 ޕަސެންޓެވެ.
  3. މުއްދަތް: ހުށަހަޅާ އެންމެ ކުޑަ މުއްދަތަށް ލިބޭނީ 15 ޕަސެންޓެވެ. 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ކާށިދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ބީ.އޯ.ކިއު ތައްޔާރުކޮށްދިނުމުގެ މަސައްކަތް" މިހެން ލިޔެފައި އަދި ކުންފުނި ނުވަތަ ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

                  ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

 

03 ސެޕްޓެންބަރު 2024
ހޯދާ