މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެމެންޑްމަންޓް 2 - ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް ގެ އޮޓޮމޯޓިވް ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ

އިއުލާން ނަމްބަރު: (IUL)475/475/2024/161

އިއުލާން އެމެންޑްމަންޓް 2

ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް ގެ އޮޓޮމޯޓިވް ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ހއ. ދިއްދޫ) ގެ އޮޓޮމޯޓިވް ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ސުރުޚީގައި ދަންނަވާފައިވާ ތަކެތި ހޯދުމަށް ކުރެވިފައިވާ ނަންބަރު(IUL)475/475/2024/140  އަދި (IUL)475/475/2024/160  އިއުލާނުގައިވާ 3 އައިޓަމެއްގެ ޓެކްނިކަލް ސްޕެސިފިކޭޝަންގެ މައުލޫމާތަށްވަނީ ބަދަލެއްގެނެވިފައެވެ. މި އިޢުލާނާ އެކު ބަދަލުގެނެފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަންއެއްކަރުދާސް ކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު  11:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]

ފޯން: 306982/3026975

03 ސެޕްޓެންބަރު 2024
ހޯދާ