ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

މަޤާމު

އޮފީސް އެސިސްޓެންޓް

ރޭންކް/ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2  (އެސް.އެސް 2)

ސަރވިސް

ސަޕޯޓް ސަރވިސް   

ޑިޕާޓްމަންޓް/ސެކްޝަން

އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް

ބޭނުންވާ އަދަދު

1

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސްއެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞައްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  • ދިމާވާ ކުއްލި ހާލަތްތަކުގައި މިސެންޓަރުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ނިކުމެވޭ ގޮތަށް ހުރުމާއި، އޮފީހުގެ އިދާރީ ކަންކަމުގައި އެހީތެރިވެދިނުން.
  • ރަސްމީ ދުވަސްތަކުގައާއި ބަންދުދުވަސްދުވަހު އޮފީސް ހުޅުވުމާއި ބަންދުކުރުމުގެ މަސައްކަތް އޮފީހުން އަންގާ ގޮތަކަށް ކުރުން.
  • މިސެންޓަރުން ރައްދުކުރަންޖެހޭ ސިޓީ/ ނޯޓް/ ޗެކްފަދަ ތަކެތި، ރައްދުކުރަންޖެހޭ ފަރާތަކަށް ރައްދުކުރުމުގެ މަސައްކަތްތައް ކުރުން.
  • މިސެންޓަރުގެ ބޭނުމަށް ހޯދަންޖެހޭ އެންމެހާ ތަކެތި ގަތުމަށްޓަކައި އަގު ހޯދުމާއި، ތަކެތި ގަންނަ ޖެހިއްޖެނަމަ، އެތަކެތި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ގެނެސް އެކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން.
  • މިސެންޓަރުގެ ޢިމާރާތުގެ މަރާމާތުތައް އޮފީހުން އަންގާގޮތުގެމަތީން ކުރުމާއި، އެއަރކޯން، ފަންކާ އަދި ސާފުކުރުމާ ގުޅޭ މަސައްކަތްތައް ކުރަމުންދާގޮތް ބެލެހެއްޓުމާއި ކުރުން.
  • މީގެއިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

17 ޖޫން 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، މާލެ / ރިހިޖެހިކޮށި.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ).
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ އަޚުލާޤު
  • މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނޭ މީހަކު ކަމުގައިވުން.
  • ސައިކަލް ނުވަތަ ބައިސްކަލް ދުއްވާ މީހެއްކަމުގައިވުން.

އިންޓަރވިއު ކުރުން

މިމަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 25 ޖޫން 2015 ދުވަހުން ފެށިގެން މިސެންޓަރުގައެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ.

ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަރވިއު ކުރާނީ ޝޯޓްލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތްކުރަންޖެހޭ ތަން

މި މަޤާމުތަކުގައި ވަޒީފާ އަދާކުރާމުވައްޒަފުން ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333425 ނަންބަރު ފޯނާއެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ