މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ފުޅަދޫން ދިރިއުޅުމަށްޓަކާއި ބަންޑާރާ ގޯތި ދޫކުރުމާއި ގުޅޭ

ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން މިރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 އަކަފޫޓުގެ 40 ބަންޑާރަ ގޯއްޗަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް، "ބ. ފުޅަދޫން ދިރިއުޅުމަށްޓަކާއި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް" އާ އެއްގޮތަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

            ވީމާ، މި އިޢުލާނާއި އެކު އެއްހީރަސް ކުރެވިފައިވާ އުޞޫލުގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، އެކަމަށް ޙާއްސަކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމުގެ އަޞްލު، 2024 އޮކްޓޯބަރ 02 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ، ތިރީގައި އެވާ ގަޑީގައި ފުޅަދޫ ކައުންސިލް އިދާރާއިންނާއި މެއިލްގެ ޒަރިއްޔާއިންނެވެ.

ހެނދުނު 09:00 ން މެންދުރު 12:00 އަށް

           މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާ ޖަދުވަލުތަކުގެ ތެރޭގައި ހިމެނޭ "ބ. ފުޅަދޫން ދިރިއުޅުމަށްޓަކާއި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމް" ޑައުންލޯޑުކޮށް އީމެއިލްގެ ޒަރިއްޔާއިންވެސް ކައުންސިލް އިދާރާގެ މެއިލް އެޑްރެސް: [email protected] އަށް ހުށަހެޅޭނެއެވެ. ފޯމު ފުރިހަމަކުރާއިރު، ފޯމުގައިވާ ނުކުތާތަކަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ނުފޭދޭ ގަލަމަކުން ސާފުކޮށް ކިޔަން އެނގޭގޮތަށް ފޯމު ފުރުއްވުމަށް ދަންނަވަމެވެ.

         ބ. ފުޅަދޫން ދޫކުރުމަށް ހަމަޖެހިފައިވާ 40 ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަން އިވެލުއޭޓް ކުރުމަށް އެކުލަވާލެވިފައިވާ "ވިލަރެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 09 (ނުވައެއް) މެމްބަރުންގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

#

ނަމާއި އެޑްރެސް

ތަމްޘީލްކުރާ ދާއިރާ

1

ޢަލީ އަޒުހަރު، ހަނިފަރު/ ބ. ފުޅަދޫ

ފުޅަދޫ ކައުންސިލްގެ ރައީސް (ކައުންސިލަރުންގެ ތެރެއިން)

2

އަޙްމަދު ޢާޞިފް، އައްސޭރި/ ބ. ފުޅަދޫ

ކައުންސިލަރ (ކައުންސިލަރުންގެ ތެރެއިން)

3

މަންހާ މުޙައްމަދު ޝިހާމް، މއ. ތަނޑިނޫމާގެ/ ކ. މާލޭ

އެސިސްޓަނޓް ކައުންސިލް އޮފިސަރ (ވަގުތީ އެސް. ޖީ) (އިދާރީ ވެރިންގެ ތެރެއިން)

4

އަޙްމަދު އަޝްރަފް، ހާވިލާ، ބ. ފުޅަދޫ

ފުޅަދޫ ސްކޫލުގެ ޕްރިންސިޕަލް (ދައުލަތުގެ އެކި މުވައްސަސާތަކުން)

5

މުޙައްމަދު ޝާނީޒް، ނިއުސްޓާރ/ ބ. ފުޅަދޫ

ފެނަކަ ފުޅަދޫ ބްރާންޗް (ދައުލަތުގެ އެކި މުވައްސަސާތަކުން)

6

ޢަލީ ރިޔާޒު، އޯކިޑްވިލާ/ ބ. ފުޅަދޫ

ފުޅަދޫ ހެލްތު ސެންޓަރ (ދައުލަތުގެ އެކި މުވައްސަސާތަކުން)

7

ޢާއިޝަތު ރަޖުނީ، ސޫރަޖްވިލާ/ ބ. ފުޅަދޫ

އ.ތ.މ. ކޮމެޓީ

8

ޢާއިޝަތު ރީނާ، ވެސްޓްސައިޑް/ ބ. ފުޅަދޫ

ފުޅަދޫ ޔޫތް ދިވެލޮޕްމަންޓް ސޮސައިޓީ (ޖަމިއްޔާ/ޖަމާޢައްތަކުގެ ފަރާތުން)

9

އަމީން ފައިސަލް، ވީނަސް/  ބ.ފުޅަދޫ

ޢާންމުންގެ ތެރެއިން

        

     މިބުރު ދޫކުރުމަށް ހަމަޖެހިފައިވާ 40 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު އެގޭނެ ބްލޮކްޗާރޓް މި އިޢުލާނާއިއެކު ޢާންމު ކުރީމެވެ.

                މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ސެޕްޓެންބަރު 2024
ހޯދާ