ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2024 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ކުޑަހުވަދޫ ކައުންސިލްގެ ފުޓްބޯޅަ ޗެލެންޖް 2024 އޮކްޓޯބަރ 13 ވަނަ ދުވަހުގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މި އިޢުލާނާއެކު ޙިއްސާކުރެވިފައިވާ ގޫގުލް ފޯމް ފުރާ ހުށައެޅުމުންނެވެ. މުބާރާތާއިގުޅޭ ޚާއްޞަ ބައެއް މަޢުލޫމާތު ތިރީގައި މިދަންނަވަނީއެވެ.

01-   މުބާރާތުގައި ބައިވެރިވުން، 2024 ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް

02-   ޓީމް ލިސްޓް ހުށައެޅުން، 2024 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް

03-   ޓީމެއްގައި ހިމެނޭނީ ގިނަވެގެން 20 ކުޅުންތެރިންނާއި 5 އޮފިޝަލުން،

04-   ޓީމެއްގައި 18 އަހަރުން ދަށުގެ މަދުވެގެން 2 ކުޅުންތެރިން ހިމަނަންވާނެއެވެ. އަދި 18 އަހަރުން މަތީގެ މަދުވެގެން 3 ކުޅުންތެރިންނާއި 2 ގޯލް ކީއްޕަރުން ހިމަނަންވާނެއެވެ.

05-   ޓީމު ލިސްޓްގައި ކުޑަހުވަދޫގެ ރައްވެހިން ފިޔަވައި 4 ކުޅުންތެރިން ހިމެނިދާނެ، މީގެ ތެރޭގައި ރާއްޖޭން ބޭރުގެ 1 ކުޅުންތެރިއަކު ހިމެނިދާނެ، (ރައްވެހިންކަމުގައި ބަލާނީ، ކުޑަހުވަދޫގެ ގެއަކަށް ރަޖިސްޓްރީކޮށްފައިވާ ނުވަތަ، ކުޑަހުވަދޫ ރައްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ނަމައެވެ. ޓީމް ލިސްޓާއެކު ކޮންމެ ކުޅުންތެރިއެއްގެ އައި.ޑީކާޑު ކޮޕީ ހުށައަޅަންވާނެއެވެ. ރައްވެހިކަން ބަދަލުކޮއްފައިވާ ލިޔުން ބަލައެއް ނުގަނެވޭނެއެވެ.)

06-   ޖާޒީގައި ނަންބަރު ޖަހާނީ ޤަވާއިދުގައި ބަޔާންކޮއްފައިވާ މިންގަނޑަށް، ނަމޫނާއާއި އެއްގޮތަށެވެ.

07-   މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1000.00ރ (އެއްހާސްރުފިޔާ) ދައްކަންވާނެއެވެ. ފައިސާ ޖަމާކުރައްވާނީ 7730000135156  1430) ރެވެނިއު1)   އެކައުންޓަށެވެ. އަދި ސްލިޕް ފޯމާއެކު ހުށައަޅަންވާނެއެވެ.

08-   މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000.00ރ(ތިރީސްހާސް ރުފިޔާ)، ރަނައަޕް ޓީމަށް 15000.00ރ(ފަނަރަހާސް ރުފިޔާ) އަދި ފެއަރޕްލޭޓީމަށް 2000.00ރ (ދެހާސް ރުފިޔާ) ގެ ފައިސާގެ ޢިނާމް ލިބޭނެއެވެ. އަދި މީގެ އިތުރުންވެސް ޤަވާއިދުގައި ބުނާ ވަނަތައް ހޮވާނެއެވެ.

 

މުބާރާތުގައި ބައިވެރިވާންއެދޭ ފޯމް ލިންކް: https://forms.gle/Gxdpui3GV8axRTSi8

މުބާރާތުގެ ޤަވާއިދު ލިންކް: https://drive.google.com/file/d/1tmlIOaVZavidMhZM3Lkst1fkyO2BjuuP/view?usp=sharing

 

02 ސެޕްޓެންބަރު 2024
ހޯދާ