މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤައުމީ ދުވަހު ދިދަ ނެގުމާއި ގުޅޭ

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން 2024 އޮގަސްޓު 29 ވަނަ ދުވަހު ފޮނުވާފައިވާ ނަމްބަރު 479-EO/CIR/2024/120 ސަރކިއުލަރ އާއި ހަވާލާދީ އިއުލާންކުރަމެވެ.

މި އަހަރުގެ ޤައުމީ ދުވަހާއި ގުޅިގެން 2024 ސެޕްޓެންބަރު 04 ވާ ބުދަ ދުވަހުގެ ހެނދުނު 06:00 ގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ.

ވީމާ، މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އަންބާގެ ސަރަހައްދަށް ވަޑައިގެން ދެއްވުންއެދި ދައުވަތު ދެމެވެ.   

02 ސެޕްޓެންބަރު 2024
ހޯދާ