ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ޤާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން، 1 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އޮތޯރިޓީން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބިޑު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

  • މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2024 ސެޕްޓެންބަރު 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

  • މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
    • ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޙާއި ގަޑި: 2024 ސެޕްޓެންބަރު 17 ވަނަ ދުވަހުގެ 10:00 އަށް
    • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
  • އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
  • ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
  • ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
02 ސެޕްޓެންބަރު 2024
ހޯދާ