މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓުބޯޅަދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްކުރުން

ށ.ގޮއިދޫ ފުޓުބޯޅަދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްކުރުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރިއަށްގެންދާ ސްޕޯޓްސް އެރީނާ ކޮންސެޕްޓްގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ށ.ގޮއިދޫގައި އަލަށް ހަދާ ފުޓުބޯޅަދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، ށ.ގޮއިދޫ ފުޓުބޯޅަދަނޑު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 1 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

16 ޝަޢުބާން 1436

03 ޖޫން 2015
ހޯދާ