މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދަމަނަވެށީގެ މެއިން ކައުންޓަރެއް ހެދުމަށް

ދަމަނަވެށީގެ މެއިން ކައުންޓަރެއް ހެދުމަށް ކުރެވުނު ނަންބަރު:-AP/23/2015/120-ފ23(IUL)ފ(19 މޭ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، ދަމަނަވެށީގެ މެއިން ކައުންޓަރެއް ހެދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 22 ވާ ހޯމަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ޝަޢުބާން 1436       

04 ޖޫން 2015
ހޯދާ