މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހދ. ނޮޅިވަރަމް ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:AP/1/2015/109-ފ23(IUL)ފ(05 މޭ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، ހދ. ނޮޅިވަރަމް ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 10 ވާ ބުދަ ދުވަހުގެ 13:00 އަށް ހދ.ކުޅުއްދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ހދ. ނޮޅިވަރަމް ޞިއްޙީ މަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 17 ވާ ބުދަ ދުވަހުގެ 13:00 އަށް ހދ.ކުޅުއްދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ހދ. ނޮޅިވަރަމް ޞިއްޙީ މަރުކަޒަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ޝަޢުބާން 1436       

04 ޖޫން 2015
ހޯދާ