ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތްކުރާނެ ފަރާތެއް ހޯދަން

މިކުންފުނީގެ މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނީގެ ބޭނުމަށް ހެދުމަށް ހަމަޖެހިފައިވާ 6 ބުރީގެ މެޑިކަލް ގޯޑައުން ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

ޕްރީކޮލިފިކޭޝަން

ދިވެހިރާއްޖޭގެ ކުންފުނިތައް ވާންޖެހޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކޮންޓްރެކްޓަރސް ލިސްޓްގެ GC01 Grade1 ގައި ލިސްޓް ކުރެވިފައިވާ ކުންފުނިތަކަށެވެ. ރާއްޖެއިން ބޭރުގެ ފަރާތްތައް ވާންޖެހޭނީ އެއާ އެއް ފެންވަރެއްގެ މާލީ ޤާބިލުކަން ހުރި ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:

ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސިބަހުންނެވެ. ބީލަން ކަރުދާސް ދޫކުރެވޭނީ 2015 ޖޫން 21 ވާ ދުވަހުގެ ދިހައެއް (10:00) ގެ ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 150.00 އެމެރިކާ ޑޮލަރު، ނުވަތަ އެއާ އެއްފަދަ ދިވެހިރުފިޔާއިން މިކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓަށް ދެއްކި ބޭފުޅުންނަށެވެ. ނަގުދުފައިސާގެ ގޮތުގައި ޤަބޫލުކުރެވޭނީ ކޭޝިޔަރސް ޗެކް އަދި ޑައިރެކްޓް ޑިޕޮޒިޓް (މިކުންފުނީގެ އެޗް.އެސް.ބީ އެކައުންޓް ނަންބަރު 103 005999 200 ސްވިފްޓް ކޯޑް HSBCMVMV) އެވެ. ނަގުދުފައިސާއިން ރެޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2015 ޖޫން 23 ވަނަދުވަހު އީމެއިލްގެ ޒަރީޢާއިންނެވެ.

ސުވާލާއި ޖަވާބު

ބީލަން ކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ޖޫން 30 ވާ ދުވަހުގެ 14:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ.

ބީލަން ކަރުދާސް ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2015 ޖުލައި 09 ވާ ދުވަހުގެ 15:00 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ހެޑްއޮފީހުގެ ކޮންފަރެންސްރޫމްގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:              ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:           196 44 33 960+ / 402 12 30 960+

ފެކްސް:               633 44 33 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:   އާމިނަތު ވަޙީދާ    

އީމެއިލް:              [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި (GMT+5:00)

04 ޖޫން 2015
ހޯދާ