މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

ރޭންކް: ޖީ. އެސް. 3

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

މަޤާމް

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

1 (އެކެއް)

އަދަދު

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް

މަސައްކަތް ކުރަންޖެހޭ ތަން

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

އަސާސީ މުސާރަ

-/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

-/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ލިވިންގ އެލަވަންސް

އަސާސީ މުސާރައިގެ %25

ޖުޑީޝަލް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިތުރުގަޑީގެ ފައިސާ

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އަސާސީ ޝަރުޠު

- ޝަރީޢަތަށް މީހުން ހާޒިރުކުރުމުގައި، ކޯޓުގެ މެޖިސްޓްރޭޓް ނުވަތަ ކޯޓާ އެއިރަކު ހަވާލުވެ ހުންނަ   މެޖިސްޓުރޭޓަކު އަންގާގޮތެއްގެމަތިން ފިޔަވަޅު އަޅަމުންދިއުމާއި، އަންގަވާގޮތެއްގެމަތިން، ކޯޓް އަމުރާއި، ބަންދު އަމުރު ތައްޔާރުކޮށް ބެލެހެއްޓުން.

- ކޯޓްރޫމާ ގުޅޭގޮތުން އިންތިޒާމްކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް، ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުން.

- ކޯޓާ ހަވާލުވެހުންނަ މެޖިސްޓުރޭޓަކު އަންގާގޮތެއްގެމަތިން ދަޢުވާފޯމް ޤަޟިއްޔާކުރުން ނުވަތަ މައްސަލަ ހުށަހެޅުމާއި، ޖަވާބު ދޭންޖެހޭ ފަރާތްތަކަށް ޖަވާބު ދިނުމަށް އަންގާގޮތެއްގެ މަތިން ދަޢުވާ ފޯމްތަކުގެ ޖަވާބުފޮނުވުން.

- މައްސަލަތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް ކަމާގުޅޭ ފައިލަށް ލުމަށް ހަވާލުކުރަންޖެހޭ  މުވައްޒަފާ ހަވާލުކުރުމާއި، މައްސަލަ ނިމޭތާ ގިނަވެގެން މަސްދުވަހުގެތެރޭގައި މައްސަލައިގެ ރިޕޯޓް ލިޔެފައި، ފައިލް ހަވާލުކުރުން.

- މަޙުޟަރުތައް ލިޔެ ބެލެހެއްޓުމާއި، ޤަޟިއްޔާތަކާ ގުޅިގެން ފައިލަށް ލާންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް ލެވިފައި ހުރިތޯ ބެލުމާއި، އެފަދަ ލިޔުންތައް ފައިލުތަކަށް މެޖިސްޓުރޭޓް އަންގާފައިވާ ތަރުތީބަކުން ލުން.

- މެޖިސްޓުރޭޓް އަންގާގޮތެއްގެމަތިން މައްސަލަތައް ތާވަލުކުރުމާއި، ޤަޟިއްޔާތަކާ ގުޅިގެން އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުމަށް އެއަށް ޖަވާބު ތައްޔާރުކުރުމަށް މެޖިސްޓުރޭޓް އަންގާގޮތެއްގެމަތިން ޖަވާބު ތައްޔާރުކުރުމަށް އިދާރީ ކަންކަމާ ހަވާލުވެ ހުންނަ މުވައްޒަފާ ހަވާލުކޮށްގެން ޖަވާބު ތައްޔާރުކުރުމާއި، އެ ސީޓީތަކަށް ޖަވާބު ފޮނުވޭތޯ ބެލުން.

- ކުރާ ޙުކުމްތަކާއި، ކޯޓުން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް، ހަވާލުވެ ހުންނަ  މެޖިސްޓުރޭޓަކު އަންގާގޮތެއްގެމަތިން އެކަމާހަވާލުވެ ހުންނަ މުވައްޒަފެއް މެދުވެރިކޮށް އެންގުން.

- ޝަރީޢަތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެކިއެކި ލިޔުންތައް ތައްޔާރުކުރުން.

- ކޯޓަށް ތަޞްދީޤުކުރުމަށް ހުށަހެޅޭ ލިޔުންތަކާމެދު މެޖިސްޓުރޭޓް އަންގާ ގޮތެއްގެމަތިން ފިޔަވަޅުއެޅުން.

- ޝަރީޢަތާގުޅޭ އެންމެހައި ފޮތްތައްލިޔެ ބެލެހެއްޓުން. (މީގެ ތެރެއިން، ވަރީގެ ރަޖިސްޓްރީއާއި، ވަރީގެ ދަފްތަރާއި، ވަރި ފަސްޚު ތަފްރީޤު ސެޓްފިކެޓް ހަވާލުކުރާ އިސްތިސްނާވާނެއެވެ.)

- މުއްދަތުޖެހުމަށާއި، އެނޫންވެސް އަމުރެއްދިނުމަށް ނުރަސްމީ ގަޑީގައި ކޯޓް ހުޅުވަން ޖެހިއްޖެނަމަ އެކަމާގުޅޭ އެންމެހައި ކަންކަން އިންތިޒާމްކުރުން.

- ކޯޓުގެ އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ކޯޓުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން މެޖިސްޓުރޭޓް ހަވާލުކުރާ މަސައްކަތް ކުރުމާއި، ކޯޓް ހުޅުވައި ލައްޕަން ޖެހިއްޖެނަމަ، އެ މަސައްކަތްވެސް ކުރުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމް، ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ. އިން) އެކްރިޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން)

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

ހުށަހަޅަންޖެހޭ ތަކެތި

2015 ޖޫން 14 ވަނަ ދުވަހުގެ 14:30 ގެ ކުރިން ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް، ފެކުހުން ނުވަތަ އީމެއިލުންވެސް ހުށަހެޅިދާނެއެވެ. ފެކުހުން ނުވަތަ އީމެއިލުން އެޕްލިކޭޝަން ފޯމް ހުށަހަޅާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު އެޕްލިކޭޝަން ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ.

ސުންގަޑި

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، އެ ފޯމް ބާޠިލްވާނެއެވެ.

- މި  މަޤާމަށް  އެދި   ހުށަހަޅާ  ފަރާތަކީ،  މަޤާމުގެ  ޝަރުޠު  ފުރިހަމަވާ  މީހަކަށްވުމާއެކު،  ޝަރުޢީ  ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ ކޮޕީއެއް ވަޒީފާއަށް އެދޭ ފޯމާއެކު ލިބޭނެއެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ 6560021 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

21 ޝަޢުބާން 1436

08 ޖޫން 2015
ހޯދާ