މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ނޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

     މިރަށު ގަބުރުސްތާނު ނޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، ގަބުރުސްތާނު ނޮޅައި، ސާފުކޮށް، ނޮޅި ތަކެތި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރަށް ގެންދިޔުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް އަގު ފޯމު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި، ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

އަގު ފޯމު ހުށަހަޅުއްވާއިރު ފޯމުގައި އަގާއި މުއްދަތު ބަޔާންކުރަންވާނެއެވެ. އަގު ފޯމު މި އިޢުލާނާއި އެކު ގެޒެޓްގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެ އިތުރުން މި ފޯމު މިއިދާރާގެ ކައުންޓަރުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް

 

  • ގަބުރުސްތާނުތެރެ ތަނބުރު ވެލާއެކު ނޮޅައި، ސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނު ގޯތި ތެރޭގައި ހުރި ހިޔާހެދޭ ގަސްތަކުގެ ތިރިވެފައިވާ އަފިތައް ކޮށައި، ސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނުތެރޭގައި ހެދެމުންދާ އިޕިލް އިޕިލް ގަސްތައް ބުޑާއެކު ނަގައި، ސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނުތެރޭގައި ގައު ޖަހާފައި އޮތް މަގު ރަނގަޅަށް ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުން.
  • ގަސްތަކުން އެޅިފައި އޮތް ފަތްތައް ނަގައި، ސާފުކޮށް ބެލެހެއްޓުން.
  • އަބަދުވެސް ގަބުރުސްތާނު ނޮޅައި، ސާފުކުރެވިފައި އޮތުން.
  • ސާފުކޮށް ބެލެހެއްޓުމުގައި ނެގޭ ހުރިހާ ކުންޏެއް ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރަށް އުކާލުން

 

 

 

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

90%

  • ޚިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

10%

  • މި ބައިގައި މާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ދިގުމުއްދަތު ހުށަހަޅާ ތަރުތީބުންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

29 އޮގަސްޓް 2024
ހޯދާ