އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ                

ދިގުރަށް، ދިވެހިރާއްޖެ.

 

ވަޒީފާގެ ފުރުޞަތު

މަޤާމް

އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަންބަރު:

J-396719

ބޭނުންވާ ޢަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް

ޖީ.އެސް 4

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

އދ. ދިގުރަށު ކައުންސިލްގެ އިދާރާ/ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް/ އދ. ދިގުރަށް ލައިބްރަރީ

މުސާރަ:

5020/- ރ

ސަރވިސް އެލަވަންސް:

1500/- ރ

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް 2، މަހަކު -/700 ރުފިޔާ.
  • ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭ ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ 35%)
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓިބިއުޝަން
  • ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭ އިތުރު ގަޑީގެ ފައިސާ
  • ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭ ބޭސްފަރުވާގެ ޚިދުމަތް
  • ރަމަޟާން މަހުގެ ޢިނާޔަތުފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ތާވަލްކުރެވިފައިވާ ގަޑިތަކުގައި ލައިބުރަރީ ހުޅުވާ ޚިދުމަތް ދިނުން
  4. ފޮތްހަރުގަނޑުތައް ތަރުތީބުކޮށް، ފޮތްތައް ބެލެހެއްޓުމާއި ފޮތްތަކުގެ ރަޖިސްޓްރީއެއް ހަދާ ބެލެހެއްޓުން
  5. ލައިބުރަރީގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުން
  6. ހަމަޖެހިފައިވާ އުޞޫލުގެމަތިން ފޮޓޯކޮޕީ، ޕްރިންޓިންގ. ލެމިނޭޓިންގ، އަދި ކާޑު ހެދުމާއި ކަރުދާސްލުން ފަދަ ޚިދުމަތްތައް ދިނުން
  7. ލައިބުރަރީ މެދުވެރިކޮށް ވިއްކަން ހުންނަ ތަކެތި ވިއްކުމާއި، ތަކެތީގެ ސްޓޮކާއި ހިސާބު ބެލެހެއްޓުން
  8. ކައުންސިލުން ހިންގާ ނާސަރީ ކްލާސްތަކަށް ކިޔަވާދިމާއި އެހެނިހެން ޙަރަކާތްތަށް ހިންގުމުގައި ޓީޗަރަށް އެހީތެރިވުން
  9. ލައިބުރަރީ އާއި ކްލާސްރޫމްތައް އަދި ޢިމާރާތާއި މަގުފާރާދެމެދު ކުނިކަހާ ތަރުތީބުކޮށް ސާފުކުރުން
  10. ކައުންސިލުން ރާވާ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވެ ފުރިހަމައަށް އެއްބާރުލުން ދިނުން

 

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުން ނުވަތަ
  2. މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް  ލިބިފައިވުމާއެކު، އޭގެ އިތުރުން  'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ތަޢުލީމީ ރޮނގުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ލައިބްރަރީ ސައިންސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

ކޯ ޑިސިޕްލިން: ލައިބްރަރީ ސައިންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ލައިބްރަރީ ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ދިގުރަށު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސިވިލްސަރވިސް ފޯމެޓަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު) ކޮޕީއެއް ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގ ލައިސަންސްގެ ކޮޕީއެއް.
  4. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ) ކޮޕީ

5.1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމްދޭ، ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

5.2- ރާއްޖޭގެ މަތީތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6.  މަސައްކަތުގެ ތަޖުރިބާ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛

6.1- ސިވިލްސަރވިސް ވަޒީފާއެއްގައި ނުވަތަ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

6.2- ސިވިލްސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

6.3- އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ، އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

6.4- ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެތަނަކުން ދޫކޮށްފައިވާ ލިޔުން: (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ، މުސާރަ ދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

6.5- ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލެވިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ، ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން- %30
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް- %5
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް- %5
  4. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ- %5
  5. އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް) - %20
  6. އިންޓަވިއު- %35

ނޯޓް: މަޤާމަށް އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން ޖުމްލަ %60 (ފަސްދޮޅަސް އިންސައްތަ) އަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު އަދި އިންޓަރވިއު އޮންނާނީ 11 ސެޕްޓެންބަރު 2024 އާއި 26 ސެޕްޓެންބަރު 2024 އާ ދެމެދުގައެވެ. އިމްތިހާން އަދި އިންޓަރވިއު އޮންނާނެ ތަނާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ޙާޒިރުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) ޢާންމު ކުރުން

އިންޓަވިއު ބާއްވާތާ ރަސްމީބަންދު ނޫން  3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް)" ޢާންމުކޮށް ފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯޑުގައި އަދި މި އިދާރާގެ ފޭސްބުކް ޕޭޖާއި، ވައިބަރ ކޮމިއުނިޓީ ގުރޫޕްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680631 ނަންބަރަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑު ތަކާއި އުޞޫލުތައް > " ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

25 ޞަފަރު 1446

29 އޮގަސްޓް 2024

                                                       މިންހާ އިބްރާހީމް

                                           ސެކްރެޓެރީ ޖެނެރަލް

29 އޮގަސްޓް 2024
ހޯދާ