ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮންސަލްޓަންޓް – LOWA މެމްބަރޝިޕް އެންޑް ރިސޯސް އެކުއިޒިޝަން

ވަޒީފާގެ ފުރުޞަތު

ނަންބަރު: / 08

RDO-PROMISE/2024-14

ތާރީޚް: 

28 އޯގަސްޓު 2024

މަޤާމު:

ކޮންސަލްޓަންޓް – LOWA  މެމްބަރޝިޕް އެންޑް ރިސޯސް އެކުއިޒިޝަން

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް

ކޮންޓްރެކްޓް މުއްދަތު:

4 މަސް ދުވަސް

މަސައްކަތުގެ ބާވަތް

ކޮންޓްރެކްޓު (ވަގުތީ -ޕާރޓް-ޓައިމް)

މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު

ރަސްމީ ބަންދުނޫން ދުވަސްތައް

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަހަކު 60 ގަޑިއިރު، (ޖުމްލަ 240 ގަޑިއިރު )

އުޖޫރަ

މަހަކު 10،000.00 ރުފިޔާ

މަޤާމުގެ ޝަރުތު:

 

  1. އެންވައިރަމެންޓް މެނޭޖްމެންޓް، ކްލައިމެޓް އެޑެޕްޓޭޝަން، ނުވަތަ ރިސޯސް މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން، އިކޮނޮމިކްސް، ގަވަރނަންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 10 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. އެންވައިރަމެންޓް މެނޭޖްމެންޓް، ކްލައިމެޓް އެޑެޕްޓޭޝަން، ނުވަތަ ރިސޯސް މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން، އިކޮނޮމިކްސް، ގަވަރނަންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 9 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

 

  • ދިރާސާކުރުމާއި، ގްރާންޓް އެޕްލިކޭޝަންސް ލިޔުމާއިޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

(1)    އިދާރީ ހިންގުން:

  • ޕްރޮމިސް ޕްރޮޖެކްޓްގެ ދަށުން ހެދިފައިވާ އެންޖީއޯ – ލަކްޝަދީޕް ޒީރޯ ވޭސްޓް އެލަޔަންސް (ލޯވާ) ގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމުގެ އެންމެހާ ޒިންމާތައް
  • ލޯވާ އެންޖީއޯގެ އެގްޒެކެޓިވް ކޮމިޓީ އަދި ޕްރޮމިސް ޕްރޮޖެކްޓްގެ ކޮންސޯޓިއަމް ޕާރޓްނަރ އޭޖެންސީތަކާއި ގުޅިގެން ހިންގާ ޙަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތައް ކުރުމާއި، ހަރަކާތްތައް ރޭވުމާއި، ހަރާކާތްތައް ހިންގުމުގައި އިސް ދައުރެއް އަދާ ކުރުން.
  • ލޯވާ ސެކްރެޓޭރިއެޓް އަދި ޕްރޮޖެކްޓް ގެ ދަށުން އެއްކުރަންޖެހޭ ޑޭޓާއެއް ނެގުމާއި، ޕްރޮސެސް ކުރުމާއި، ޑޭޓާ ބޭނުންކޮށްގެން ހަދަންޖެހޭ އެނަލިސިސް ގެ މަސައްކަތްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  • ލޯވާ ސެކްރެޓޭރިއެޓް އަދި ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ ރިސާރޗް ހަރަކާތްތައް ކުރުމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
  • ލޯވާ ސެކްރެޓޭރިއެޓް އަދި ޕްރޮޖެކްޓްގެ ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަށް ދޭންޖެހޭ އެހީތެރިކަންދިނުން.
  • ލޯވާ ސެކްރެޓޭރިއެޓް އަދި ޕްރޮޖެކްޓާ ގުޅުންހުރި ފީލްޑް ވޯރކް ހަރަކާތްތައް ރާވާ ހިންގުން.

(2) ރިސަރޗް ކުރިއެރުވުމާއި މެނޭޖްކުރުން:

  • ލޯވާ އެންޖީއޯ އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް މެދުވެރިކޮށް ދެމެހެއްޓެނެވި ތަރައްޤީއާއި ވިޔަފާރީއާއި އިޤްތިޞާދުގެ ދާއިރާތަކުން ދިރާސާތައް ފަރުމާކޮށް ޢާއްމުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  • ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން
  • ލޯވާ އެންޖީއޯ މެދުވެރިކޮށްކުރެވޭ ދިރާސާތަކުގެ މައުލޫމާތު ޖާރނަލްތަކާއި މޮނޮގްރާފް ތަކާއި އޮކޭޝަނަލް ޕޭޕަރުތައް ކަރުދާހުގައި އަދި އިންޓަރނެޓްގައި ޝާއިޢުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

(3) ފަންޑު ހޯދުމާއި އެތެރެއާއި ބޭރުގެ މުވާޞަލާތީ ގުޅުންތައް ބެލެހެއްޓުން:

  • ލޯވާ އެންޖީއޯ އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމުގެ ޕްލޭންތައް އެކުލަވާލާ ފަންޑު ހޯދުން.
  • ލޯވާ އެންޖީއޯ އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ މަޤްޞަދުތައް ޕްރޮމޯޓް ކުރުމާއި އިޝްތިހާރު ކުރުން.
  • ލޯވާ އެންޖީއޯގެ އައުޓްރީޗް މަސައްކަތް - އަންނަނިވި ކަންތައްތައް ހިމެނޭ ގޮތަށް ލޯވާ އެންޖީއޯ އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ އައުޓްރީޗް ސްޓްރެޓެޖީ ކުރިއަރުވައި ބެލެހެއްޓުން: މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުން،  ބްރީފިންގ ތަކާއި ޕްރެޒެންޓޭޝަން ތައް ދިނުން، މީޑިއާ މުޢާމަލާތްތައް ކުރުން، ޚާއްޞަ ޕަބްލިކޭޝަންތަކަށް މަޒުމޫނުތަކާއި ޖާރނަލް ތަކުގައި ޕޭޕަރުތައް ޝާއިޢު ކުރުން

(4) އެހެނިހެން މަސައްކަތް:

  • ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ ޕޮލިސީ/ސިޔާސަތުތައް/މަސައްކަތްތައް ތަންފީޒުކުރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން  (%30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު   ()
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ   ()
  4. އިންޓަރވިއު   (%50)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

14 ސެޕްޓެންބަރު 2024 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެޕްލިކޭޝަން ފޯމް (ތިރީގައިވާ ލިންކުން ލިބިވަޑައިގަންވާނެ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 14 ސެޕްޓެމްބަރު 2024 އާއި 19 ސެޕްޓެމްބަރު 2024 އާއި ދެމެދު  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮފީހުގައެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345424 ނަމްބަރު ފޯނަށެވެ.

އެޕްލިކޭޝަންފޯމް

  • އެޕްލިކޭޝަންފޯމް ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެ

https://tinyurl.com/MNU-Job-Application-form-Dhv

 

28 އޮގަސްޓް 2024
ހޯދާ