ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ށ.މާއުނގޫދޫ އޮފީސް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2024/338

 

އިޢުލާން

ށ.މާއުނގޫދޫ އޮފީސް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ށ.މާއުނގޫދޫ އޮފީސް އިމާރާތުގެ ނުނިމި ހުރި އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2024/335 އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.   

 

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

29 އޯގަސްޓް އިން 01 ސެޕްޓެމްބަރ 2024

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

01 ސެޕްޓެމްބަރ 2024

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

02 ސެޕްޓެމްބަރ 2024

13:00 މެންދުރު

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

-          އިޢުލާން ނަންބަރ

-          ކުންފުނީގެ ނަން

-          ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީ-މެއިލް ކުރާނެ ވާހަކަދެއްނެވީމެވެ.

ޕްރީ- ބިޑް މީޓިން އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ މި ކުންފުނީގެ ހެޑް އޮފީސް ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 07 ވަނަ ފަންގިފިލާ އަށެވެ.   

    ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބި މިއިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ޕްރީ – ބިޑް މީޓީންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް ވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

28 އޮގަސްޓް 2024
ހޯދާ