ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އެޗް.ޑީ.އެފް.ސީ މައި އޮފީހުގެ އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެޗް.ޑީ.އެފް.ސީ މައި އޮފީހުގެ އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އެޗް.ޑީ.އެފް.ސީ މައި އޮފީހުގެ 3 ވަނަ ފަންގިފިލާގެ އިންޓީރިއަރއަށް ބަދަލުތަކެއް ގެންނަންޖެހިފައިވުމާއިއެކު މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އެޗް.ޑީ.އެފް.ސީ މައި އޮފީސް (ހ. މިއަލަނި، 3 ވަނަ ފަންގިފިލާ، ސޯސަންމަގު) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

09 ސެޕްޓެމްބަރ 2024 ވާ  ހޯމަ ދުވަހު 11:00 އަށް

16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް

ނޯޓް: މަތީގައިވާ ތާރީހުގައި އެޗް.ޑީ.އެފް.ސީއަށް މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ.

28 އޮގަސްޓު 2024

28 އޮގަސްޓް 2024
ހޯދާ