މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ ޖިންސަށް އަމާޒުކޮށް ބާއްވާ ފުޓްސަލް މުބާރާތް 2024 ރާވާ ހިންގާނެ ފަރާތެއް ހޯދުން

    މާލެ އަތޮޅު ގުޅީގެ ޒުވާނުންގެ މެދުގައި އިޖުތިމާޢީ ރޫޙު އަށަގަންނުވައި، ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ ކުޅިވަރުގެ ފޯރިޔާއި ޖޯޝާއެކު ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހި ކުރުމަށްޓަކައި މިއަހަރު ގުޅީ ކައުންސިލުން އަންހެން އަދި ފިރިހެން ދެޖިންސަށް ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ގަސްތުކުރެވިފައެވެ.  

    ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ޖަމްޢިއްޔާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު/ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ޖަމްޢިއްޔާތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ޖަމްޢިއްޔާތަކުން 01 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

 

   މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 01 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 12:30ގެ ކުރިން މި އިޢުލާންގައިވާ މެއިލް އެޑްރެހަށް މެއިލް ފޮނުއްވުންއެދެމެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 03 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ  09:30 ގައި  މާލެ އަތޮޅު ގުޅީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

27 އޮގަސްޓް 2024
ހޯދާ