މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާގައި ޤާއިމްކުރާ ޕާސްޕޯޓް ކަލެކްޝަން ސެންޓަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި އިދާރާގެ ބައެއް މަރާމާތުތަކުގެ މަސައްކަތް

މި އިޢުލާންވަނީ 03 ސެޕްޓެންބަރު 2024 12:32 ގައި ބާތިލް ކުރެވިފައެވެ.


 

ޕްރޮޖެކްޓް ނަންބަރު:

PC-227/2024/G-11

އިޢުލާން ނަންބަރު:

(IUL)227-AD-PM/227/2024/40

 

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މި އިދާރާއިން ދޭ މައުލޫމާތާއި ސްޕެސިފިކޭޝަން އާއި އެއްގޮތަށް، މި އިދާރާގައި ޤާއިމްކުރާ ޕާސްޕޯޓް ކަލެކްޝަން ސެންޓަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި އިދާރާގެ ބައެއް މަރާމާތުތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv)އިން ‏2024‏ އޮގަސްޓް‏ 29ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2024‏ ސެޕްޓެމްބަރ‏ 02ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2024‏ ސެޕްޓެމްބަރ‏ 03 ވާ އަންގާރަ ދުވަހުގެ 13:00ގެ  ކުރިން މެއިލްކުރެވޭނެއެވެ.
  4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2024‏ ސެޕްޓެމްބަރ‏ 09ވާ ހޯމަ ދުވަހުގެ 11:00ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]

ކޮޕީ:        [email protected]

 ‏27‏ އޮގަސްޓް‏ 2024

27 އޮގަސްޓް 2024
ހޯދާ