ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015

ކ. ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015ގެ ދަށުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އިޢުލާން TCL/PROC-TA/2015/013 ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

  • ތިލަފުށި-1 (އެކެއް) ގައި ޓީ-ޖެޓީއާ ދިމާލަށް ލޭންޑިންގ ކްރާފްޓް ޖެއްސޭގޮތަށް ރޭމްޕެއް ހެދުން.
  • ރޭމްޕާ އިންވެގެންވާ ސަރަޙައްދުގައި 80 މީޓަރަށްވުރެ ދިގު ފެންސެއް ޖެހުން.
  • ޓީ-ޖެޓީގެ ޝީޓްޕައިލް ކުރެވިފައިވާ ސަރަޙައްދުގެ މިވަގުތު ކެޕިން ނުލެވިހުރި ސަރަޙައްދުގައި ކެޕިން ލުން.

ވީމާ، މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015 ގެ ދަށުން މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަން ފޮތަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑްއޮފީސް

04 ދުވަސް (ރަސްމީ)

09 ޖޫން 2015 އިން 14 ޖޫން 2015 އަށް

08:30 އިން 13:00

ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ހޯމަ

15 ޖޫން 2015

10:00 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ އަދި ސައިޓު ބެލުން

ޓީސީއެލް ހެޑްއޮފީސް

ހޯމަ

22 ޖޫން 2015

11:00 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

އާދީއްތަ

28 ޖޫން 2015

11:00 ގައި

  • ބީލަން ފޮތުގެ އަގަކީ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) އެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000 ރުފިޔާ (ފަސްހާސް ރުފިޔާ) ބަހައްޓަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 90 ދުވަހެވެ.
  • ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި ޖުމްލަ އަގުގެ %2.5 (ދޭއް ޕޮއިންޓް ފަހެއް އިންސައްތަ) ދައްކަންވާނެއެވެ.
  • ބިޑް ކާމިޔާބު ކުރައްވާ ފަރާތުން ބޭންކް ގެރެންޓީއެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ % 15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

21 ޝަޢުބާން 1436

08 ޖޫން 2015
ހޯދާ