ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.އަތޮޅު އިސްޓޯރުގެ އައު އިމާރާތުގެ ކުރެހުން އަދި ބީ.އޯ.ކިއު ތައްޔާރުކުރުން

ކޮލުމަޑުލު އޮތޮޅު ކައުންސިލްގެ އިދާރާގެ ތ.އަތޮޅު ސްޓޯރުގެ އައު އިމާރާތުގެ ކުރެހުމާއި އަދި ބީ.އޯ.ކިއު ތައްޔާރުކުރުމަށް ބޭނުންވެއެވެ. ކުރެހުމުގެ  ޓެކުނިކަލް ސްޕެސިފިކޭޝަނާއި، ބިޑާބެހޭ މަޢުލޫމާތުތައް ތިރީގައި އެވަނީއެވެ.

 

1. ބީލަންރަޖިސްޓަރީކުރުން

  • ބީލަން ހުށަހަޅާ ފަރާތުން، ބީލަން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، ދިވެހި ދައުލަތުގެ ގެގެޒެޓްގައި މިއިއުލާނާ ހިމެނޭ ޖާގައިގައި ވާ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ނުވަތަ ތިރީގައިވާ ލިންކުންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.
  • އޮންލައިންކޮށް ރަޖިސްޓަރީވާނެ ލިންކު: https://forms.office.com/r/sPMT413d3M
  • ރަޖިސްޓަރީ ކުރުމުގެ މުއްދަތު: 27 އޯގަސްޓް 2024 ން 02 ސެޕްޓެމްބަރ 2024، 13:00 ށް،
  • ފޯމުން ރަޖިސްޓަރީ ވާނަމަ، މި އިދާރާގެ ކައުންޓަރަށް (ރިސެޕްޝަނަށް) ހުށަހަޅައިގެން ނުވަތަ، ތިރީގައިވާ އީމެއިލަށް ފޯމު ފޮނުވައިގެންވެސް ރަޖިސްޓަރީކޮށް ދެވޭނެއެވެ.
  • އާންމު އީމެއިލް: [email protected]
  • ބީލަން ރަޖިސްޓަރީވިކަން ކަށަވަރުކުރުމަކީ، ފޯމް ހުށަހަޅުއްވާފަރާތުގެ ޒިންމާއެކެވެ. ބީލަން ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ މުއްދަރުގައި ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

 

2. ބީލަން ރަޖިސްޓަރީވުމަށް ހުށަހެޅޭނެ ފަރާތް

  • މި ބީލަމުގައި ރަޖިސްޓަރީ ވުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ، ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ.
  • ނޯޓް: ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

 

3. މަޢްލޫމާތު ސާފުކޮށްދިނުން

  • އިތުރުމަޢުލޫމާތު ސާފުކުރުމަށް، ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ ނަންބަރު 6780700 ނުވަތަ  [email protected] ށް މެއިލްކޮށްގެން ނުވަތަ 7846025 ނުވަތަ 9931351 އަށްގުޅައިގެނެވެ.

 

4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

  • ތަން: ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް (ވޭރުމާލަން)
  • ތާރީޚް: 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި.
  • ބަދަލުގައި މީހަކު ފޮނުވާނަމަ، ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި، ހުށަހަޅާފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާނަ ނަންބަރު އަދި ބީލަމުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށްމ ބީލަން ހުށަހަޅުއްވުމުގެ ފުރުޞަތު ހުޅުވާލައި، އާއްމުކޮށް އިޢުލާނު ކުރީމެވެ.

 

27 އޮގަސްޓް 2024
ހޯދާ