ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކޮލަމާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ:

                ގއ.ކޮލަމާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ފުރުސަތުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނުވާ ފަރާތްތަކުގެ ތެރެއިން "ގއ. ކޮލަމާފުށިން  ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" ގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ. މިއުޞޫލުގެ ދަށުން ދިނުމަށް  ހަމަޖެހިފައިވަނީ 1500 އަކަފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ 28 ގޯއްޗެވެ. އަދި ގޯއްޗަށް އެދޭ ފޯމާއި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓު އަދި "ގއ. ކޮލަމާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" މި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ. މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820017 އަށް ގުޅުއްވުން އެދެމެވެ.                    

                މިއިޢުލާނާއި ގުޅިގެން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ  27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުން ފެށިގެން 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 އަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އަށެވެ. އަދި ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން ދޫކުރާ ފޯމާއި އެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިއުމެއް ހަމަނުވާނަމަ ފޯމްބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                            23 ޞަފަރަ 1446

                            27 އޮގަސްޓް 2024                      

27 އޮގަސްޓް 2024
ހޯދާ