އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
01 އޮގަސްޓް 2024 ގައި މި އިދާރާއިން ޢާއްމުކުރި ނަންބަރު (IUL)356/356/2024/50 ޢިއުލާނުގެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން ބީލަންފޮތް ބައްލަވައިގަނެފައި ނުވާތީ ބައެއް ބަދަލުތަކާ އެކު ބޯޓުޔާޑެއް ހަދާ ހިންގުމަށް އދ.މާމިގިލިން ބިންދޫކުރުމަށްދެވަނަ ފަހަރަށް ފުރުޞަތު ޢާއްމުކޮށް ހުޅުވާލުން.

އިޢުލާން

01 އޮގަސްޓް 2024 ގައި މި އިދާރާއިން ޢާއްމުކުރި ނަންބަރު  (IUL)356/356/2024/50 ޢިއުލާނުގެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން ބީލަންފޮތް ބައްލަވައިގަނެފައި ނުވާތީ ބައެއް ބަދަލުތަކާ އެކު ބޯޓުޔާޑެއް ހަދާ ހިންގުމަށް އދ.މާމިގިލިން ބިންދޫކުރުމަށްދެވަނަ ފަހަރަށް ފުރުޞަތު ޢާއްމުކޮށް ހުޅުވާލުން.

  އދ. މާމިގިލީ ލޭންޑްޔޫސް ޕްލޭންގައި، ބޯޓުޔާޑެއްހަދާ ހިންގުމަށް މާމިގިލީ އިރު ދެކުނު ފަރާތު ބަނދަރު ސަރަޙައްދުން 50 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގު ނުވަތަ ކުއްޔަކީ މަހަކަށް އަކަފޫޓަކަށް 00.25 (ފަންސަވީސް ލާރި) އެވެ. މިއަށްވުރެން ކުޑައަގު ހުށަހަޅާފަރާތްތަކުގެ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.

 ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު:

ބީލަންފޮތެއްގެ އަގަކީ 10,000.00ރ (ދިހަ ހާސް) ރުފިޔާއެވެ. ބީލަންފޮތް ބައްލަވައިގަންނަން ލިބޭނީ 2024 އޮގަސްޓް 27 ވާ އަންގާރަ ދުވަހުން ފެށިގެން 2024 ސެޕްޓެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 12:30 އާ ހަމައަށެވެ.

ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

ޕްރީ ބިޑް މީޓިންގ އޮންނާނީ 2024 ސެޕްޓެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އދ.މާމިގިލީ ކައުންސިލް އިދާރާގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން :

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2024 ސެޕްޓެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރީން ތިރީގައިވާ އީމެއިލް އަށް ފޮނުއްވުން އެދެމެވެ. ބީލަން ފޮތުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއް ވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.  

 އީމެއިލް:    [email protected]

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2024 ސެޕްޓެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާމިގިލީ ކައުންސިލް އިދާރާގައެވެ.  ބީލަން  ހުށަހަޅަން ހަމަޖެހިފައިވާ ދުވަހަކީ އެއްވެސް ކަމެއް މެދުވެރިވެގެން  ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ. ބީލަން ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ބީލަން ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި އިޢުލާނާއި އެކު ބޯޓު ޔާޑުގެ ކުރެހުން އެޓޭޗް ކުރެވިފައިވާނެއެވެ.    ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

  22 ޞަފަރު 1446

26 އޮގަސްޓް 2024
ހޯދާ