ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓަށް ޙާޟިރުވުމަށް

ހދ. ކުޅުދުއްފުށި، މައްސާގުގެ، ޖެނީފާ އިބްރާހީމްގެ ފަރާތުން މިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހދ. ކުޅުދުއްފުށި، ޔެނިސީ، ޢާރިފް އަބޫބަކުރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު A156166) އަކީ މި ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، ކޯޓަށް ޙާޟިރުކުރެވިފައިނުވާ ފަރާތެކެވެ.

ވީމާ، 02 ސެޕްޓެމްބަރ 2024 މި ދުވަހުގެ 10:00 އަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް ހދ. ކުޅުދުއްފުށި، ޔެނިސީ، ޢާރިފް އަބޫބަކުރުއަށް އަންގަމެވެ. އަދި މިދެންނެވި ތާރީޚާއި ގަޑިއަށް ޢާރިފް އަބޫބަކުރު މި ކޯޓަށް ހާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީ ކަމަށް ބަލައި، ޢާރިފް އަބޫބަކުރުގެ ޣައިރުޙާޟިރުގައި މައްސަލަ ހިނގާ ނިންމާނެކަންވެސް އަންގަމެވެ.

26 އޮގަސްޓް 2024
ހޯދާ